Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 11:37
ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން
ރައީސް އޮފީސް
މުހުތާޒްގެ ބޭސްފަރުވާ
ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި
މިއަހަރުގެ ފެބްރުއަރީގައި ވެސް އިންޖެކްޝަން ޖެހި
ހުކުމް ކުރުމުގެ ކުރިން ވެސް އުނަގަނޑަށް ފަރުވާ ހޯދި
ސައްޚަ ނޫން ކޯޓު އަމުރެއްގެ މައްސަލައިގައި 17 އަހަރަށް ޖަލަށް

ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒް އޭޑީކޭގައި މުހުތާޒް އެޑްމިޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މުހުތާޒްގެ ގާނޫނީ ވަކީލު ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

މީގެ ކުރިން މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ވެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އަދި އެފަހަރު ވެސް މުހުތާޒްގެ އުނަގަނޑަށް ބާރުގަދަ ސްޓެރޮއިޑް އިންޖެކްޝަނެއް ޖަހާފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުހުތާޒްގެ އުނަގަނޑަށް އަނެއްކާ ވެސް އިންޖެކްޝަން ޖަހަން ޖެހިފައިމިވަނީ ކުރިން އިންޖެކްޝަން ޖެހުމަށް ފަހު ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވުމުންނެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވެސް ވަނީ، މުހުތާޒް އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. މީޑިއާ އޮފިޝަލް ހަމައެކަނި ވިދާޅުވީ މުހުތާޒް އެޑްމިޓްކުރީ "ޑޮކްޓަރީ ބޭސްފަރުވާ" އަށް ކަމަށެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި 17 އަހަރަށް ޖަލަށް ލުމުގެ ކުރިން ވެސް އުނަގަނޑުގެ ރިހުމަކަށް މުހުތާޒް ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީގައި މުހުތާޒް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން އުނަގަނޑުގެ ރިހުން ބޮޑުވެ އެތައް ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

ޓެރަރިޒަމުގެ ކުށުގައި ޖަލު ހުކުމް އިއްވި ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މުހުތާޒް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ.

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި މުހުތާޒް ބަންދުކުރަން ނިންމާފައި އޮތް ނަމަވެސް، އޭނާ ބަންދުކޮށްފައި ބާއްވަނީ "ޑެތް ރޯ" ގެ ނަމުން މަޝްހޫރު ޔުނިޓުގަ އެވެ. އެ ޔުނިޓަކީ މަރުގެ ހުކުމް ތަންފީޒް ކުރަމުންދާ ބޮޑެތި ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާ ޔުނިޓެވެ. އެތަނުގައި ބަންދުކޮށްފައިވާ ގައިދީންގެ ތެރޭގައި މުހުތާޒް ދައުވާ އުފުލު މީހުންނާއި، ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މުހުތާޒް ހުންނެވިއިރު ހުކުމް އިއްވި މީހުން ހިމެނެ އެވެ.

އާއްމު އުސޫލެއްގެ ދަށުން ސްޕެޝަލް ޕްރޮޓެކްޝަން ދޭ ގައިދީން ކަރެކްޝަނުގެ ލޯންޗުގައި މާލެ ގެނެސް ހަދާއިރު، މުހުތާޒް މާލެ ގެންނަނީ ދޯންޏެއްގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ޖުލައި 2017 | ހޮނިހިރު 22:58
މާނު
Subhaanallah. Aniyaaverikkan eyge inthihaaga.
22 ޖުލައި 2017 | ހޮނިހިރު 20:27
މަހުދީ
ދުނެޔެ ދެއްކާ ދެނީ ކޮންފަދަ މިސާލެއްބާ، އަނިޔާވެރިންނަށް އެކަމުގެ ރަހަ އެކަމުގެ ހިތި ފެނިގެން ދާތަން.
22 ޖުލައި 2017 | ހޮނިހިރު 12:48
ޕްލީޒް ރިމޫވްމީ
މިބޭފުޅާއަށްވެސް މިހާރު ރަނގަޅުފިލާވަޅެއް ލިބިއްޖެކަމަށް އުންމީދުކުރަން. ބޭއިންސާފުން އަނެކުންނަށް އަދަބުދީފަ ވަކިމީހެއްގެ މުށުތެޜޭގަފިތިގެން ދައުވާތައްކުރަމުން ދައުވާތައްބަދަލުކުރަމުންދިޔައިރު ކުޑަކޮށްވެސް މާދަމާވާނެގޮތަކަށްނުވިސްނާ، އެއްކަމެއް އަބަދަކުދެމިއެއްނޯންނާނެ... މިކަމުންވެސް މިހާރު ރައްޔިތުންގެމައްޗަށް އަނިޔާވެރިވެ ބޭއިންސާފުން ޙުކްމްތައްކުރަމުންގެންދާ، ރައްޔިތުންގެ ދޫބަންދުކުރަމުންގެންދާ، އަނިޔާކުރަމުންގެންދާ ފަރާތްތައް އިބުރަތް ލިބިގަތުން މުހިއްމު.