ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 13:36
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް
ޕީއެސްއެމް
ޓޫރިޒަމް އެވޯޑު
ޓޫރިޒަމް އެވޯޑުގެ، ބެސްޓް ރިސޯޓް އޮފް ދަ އިޔަރ، ޖޯލި މުރަވަންދޫއަށް
 
31 ފަރާތަކަށް އެ ހަފްލާގައި އެވަރޑް ދީފައިވޭ
 
މިފަހަރުގެ އެވަރޑްގައި މުޅިން އަލަށް ޓޫރިޒަމް ޕްރޮފެޝަނަލްސް އެވޯޑު ތަޢާރަފްކޮށްފައިވޭ
 
މިރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި ދާއިރާގެ ގިނަ ދުވަސްވީ ބޭބޭފުޅުން ބައިވެރިވެވަޑައިގަތް

މިއަހަރުގެ "ބެސްޓް ރިސޯޓް އޮފް ދަ އިޔަރގެ" އެވޯޑު ޖޯލި މުރަވަންދޫއިން ހާސިލްކޮށްފިއެވެ.

އެރިސޯޓަށް މިއެވޯޑު ލިބުނީ 2023 ވަނަ އަހަރުގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބުރާސްފަތި ދުވަހުގެރޭ ބާއްވާފައިވާ ޚާއްސަ ގާލާ ނައިޓްގައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަަބތުގައި ބޭއްވި ގާލާ ނައިޓްގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ޚާއްސަ ފަރާތްތަކުގެ އަގު ވަޒަންކޮށް ވަނީ އެވަރޑް ދީފައެވެ. އެގޮތުން ބެސްޓް ވޯޓަރ ސްޕޯޓްސް ސެންޓަރއަކަށް ހޮވިފައިވަނީ އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ. މީގެ އިތުރުން ބެސްޓް ޑައިވަރސް ސެންޓަރއަށް ރަސްދޫ ޑައިވަރސް ކުރަމަތި ހޮނުވުނު އިރު ބެސްޓް ޓްރެވެލް އޭޖެންސީއަކަށް ވޮޔެޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ހާސިލްކޮށްފައެވެ.

2023 ވަނަ އަހަރުގެ އެވޯޑަށް 5 ދާއިރާއަކުން 59 އެވޯޑަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިއެވެ. އެފުރުސަތުގައި އެކި ކެޓަގަރީތަކުން 88 ފަރާތުން 225 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އޭގެތެރެއިން 31 ފަރާތަކަށް އެ ހަފްލާގައި އެވަރޑް ދީފައިވެއެވެ.

މިފަހަރުގެ އެވަރޑްގައި މުޅިން އަލަށް ޓޫރިޒަމް ޕްރޮފެޝަނަލްސް އެވޯޑު ތަޢާރަފްކޮށްފައިވެއެވެ. އެ ކެޓަގަރީން އެކި ގޮތްގޮތުން ޝަރުޠު ހަމަވާ ފަރާތްތަކަށް ވެސް އެވޯޑް ދީފައިވެއެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވަނީ ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދާނެ ޕްލޭނެއް ކަަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ޕްލޭންގެ އެހީގައި އެ ދާއިރާ އަށް އިތުރު ދިވެހިން ގެނެސް ބެޑް ކެޕޭސިޓީ އިތުރުކުރެވޭނެ ކަަމަށް ވިދާޅުވިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ގާލާނައިޓް ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި ދާއިރާގެ ގިނަ ދުވަސްވީ ބޭބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް