ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 12:57
ޗައިނާގެ އެމްބެސެޑަރ އާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުން
ޗައިނާގެ އެމްބެސެޑަރ އާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުން
ރާއްޖެ - ޗައިނާ
ފޮރިން މިނިސްޓަރ ޝާހިދު ޗައިނާ ސަފީރާއި ބައްދަލުކުރައްވައިފި
ޝާހިދު އިތުރަށް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި މެދު ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް
ޗައިނާ އާއި ރާއްޖެ އާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކާއި މެދު ވާހަކަދައްކަވާފައިވާ ކަމަށް ޝާހިދު ވިދާޅުވި
ރާއްޖޭގެ ތަރައްޤީ އަށް ޗައިނާ އިން ވަމުންދާ އެހީތެރިކަމަށްޓަކާ ޝުކުރު ދަންނަވާފައިވާނެ ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާ ސަފީރާއި ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީ އަށް ޗައިނާ އިން ވަމުންދާ އެހީތެރިކަމަށްޓަކާ ޝުކުރު ދަންނަވާފައިވާނެ ކަަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޗައިނާ އާއި ރާއްޖެ އާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކާއި މެދު ވާހަކަދައްކަވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި މެދު ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް