Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 08:33
މީކާއިލް އަދި މާއިޒް
މީކާއިލް އަދި މާއިޒް
ޓްވިޓަރ
އެމްޑީޕީގެ ޒުވާނުންގެ ހިއްވަރ
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް
ވޯޓު ނަގާފައިވަނީ އިއްޔެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ  ހިއްވަރުގެ ރައީސަކަށް މީކާއިލް ނަސީމް އަދި ނައިބު ރައީސަކަށް އިބްރާހިމް މާއިޒް ހޮވިއްޖެއެވެ.

މިހާތަނަށް ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި 10 ޕަސެންޓަށް ވުރެ އިތުރަށް އެދެ ކެންޑިޑޭޓުން ވަނީ ހޯދާފައެވެ.އެއީ  އިންތިހާބުން ކާމިޔާބު ވުމަށް ބޭނުންވާ އަދަދެވެ .

މި ދެ ޒުވާނުން ހޮވިފައިވަނީ ހުކުރުދުވަހު ޕާޓީގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިހާބުންނެވެ. މި އިންތިހާބުގައި ވޯޓްލާނީ އެމްޑީޕީ މެމްބަރުންގެ ތެރެއިން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. 

އެމްޑީޕީގެ ޒުވާނުންގެ ހިއްވަރު ގެހިންގާ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ޒުވާނުންގެ ހިއްވަރު އުފެއްދުމުގެ އެންމެ މައިގަނޑު މަގްސަދަކީ ޕާޓީގެތެރެއިންނާއި އަދި ޤައުމީ ތަފާތު އެކި ސިޔާސީ ފަންތިތަކުގައި ދިވެހި ޒުވާނުން ކުޅެމުންދާ ދައުރު ފާހަގަކޮށް އެކަމަށް އެކަށޭނަ އެހީތެރިކަން ފޯރު ކޮށްދިނުމެވެ.

މީގެ މަގުސަދަކީ ޕާޓީ ތެރެއިންނާއި އަދި ގައުމީ ސިޔާސީ ތަފާތު އެކި ފަންތި ތަކުގައި ދިވެހި ޒުވާނުން ކުޅެމުންދާ ދައުރު ފާހަގަ ކޮށް އެކަމަށް އެކަށޭނެ އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް