Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 05:31
މާލޭގައި ސައިކަލްތަކެއް ޕާކުކުރެވިފައި
މާލޭގައި ސައިކަލްތަކެއް ޕާކުކުރެވިފައި
ގޫގުލް
ސައިކަލް
ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި
ސައިކަލުގައި ރޯކޮށްލާފައިވަނީ ބުރާސްފަތި ދުވަހުގެރޭ

ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

ރޯކޮށްލާފައިވަނީ ނ ހޮޅުދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައެވެ.

ސައިކަލުގައި ރޯކޮށްލާފައިވަނީ ބުރާސްފަތި ދުވަހުގެރޭ އެވެ. 

މި ފުލުސް މީހާއަކީ އެރަށުގެ މީހަކާއި ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. 

ސައިކަލު ރޯކޮށްލުމުގެ ސަބަބުން ސައިކަލުވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ސައިކަލުގައި ރޯކޮށްލާފައިވަނީ ކޮންބައެއް، އަދި ކީއްވެގެންކަން ވަނީ ސާފުވާގޮތްނުވެފައެވެ.

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހްޤީޤްކުރަމުންނެވެ.

ޖޫން 22 ވަނަ ދުވަހުވަނީ ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީގެ ސައިކަލްގައި ރޯކޮށްލާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް