ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 13:11
ޕާކިސްތާނުގެ ކޯޗު ގްރާންޓް ބްރެޑްބާން: އޭނާ ބުނަނީ މޮޅުވުމުން ވެސް ފާޑުކިއުމަށް
ޕާކިސްތާނުގެ ކޯޗު ގްރާންޓް ބްރެޑްބާން: އޭނާ ބުނަނީ މޮޅުވުމުން ވެސް ފާޑުކިއުމަށް
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
މޮޅުވީމަ ވެސް ފާޑުކިޔަންވާނެ: ޕާކިސްތާން ކޯޗު
ބެޓްސްމަނުންގެ ކުޅުން ރަނގަޅު ކުރަންޖެހޭ: ކޯޗު

ޓީމާމެދު ފާޑުކިޔަންވާނީ ހަމައެކަނި ބަލިވުމުން ނޫން ކަމަށާއި މޮޅުވުމުން ވެސް ޕާޑުކިޔަންޖެހޭނެ ކަމަށް ޕާކިސްތާނުގެ ކްރިކެޓް ކޯޗު ގްރާންޓް ބްރެޑްބާން ބުނެފި އެވެ.

އޭނާ މިހެން ބުނީ ވޯލްޑްކަޕް ކްރިކެޓް މުބާރާތުގައި މިއަދު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ޕާކިސްތާން މޮޅުވި ނަމަވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ކޯޗު ބުނީ ބެޓްސްމަނުންނަށް އަދި އެންމެ މޮޅު ފޯމުގައި ނުކުޅެވޭ ކަމަށް އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.

"އެންމެ ރަނގަޅަށް އަދި ބެޓިންގ ނުދޭ. އެކަމަކު އަހަރުމެންގެ ބެޓްސްމަނުންގެ އޯޑަރާމެދު ސުވާލެއްނެތް. މުބާރާތުގެ ވަކި ހިސާބަކުން އެމީހުން ފޯމަކަށް އެޅޭނެ. ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖާމެދު އަހަރުމެންނަށް ޔަގީންކަން އެބައޮތް،"
ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ސްރީލަންކާ އަކީ މޮޅު ޓީމެއްކަން އެނގޭ ކަމަށާއި އެ މެޗު ކާމިޔާބުކުރުމަކީ ކުރިއަށް އޮތް އިންޑިޔާ މެޗުގެ ކުރިން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް