Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 00:00
ސަމީރު: ރައީސް ޔާމީން ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވި
ސަމީރު: ރައީސް ޔާމީން ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު
ރަައީސް ޔާމީން ހުންނެވީ ގިނިކަންޔާ
ރައީސް ޔާމީން ގެންދަވަނީ ރައްޔިތުންނަށް ބިރުދައްކަވަމުން
ރައީސް ޔާމީން ބޭނުންފުޅުވެލައްވާ ގޮތަށް ޤާނޫނު ބަދައްލުކުރެއްވި

ރައީސް އަބްދުﷲ  ޔާމީން އަބްދުލް ޤައްޔޫމް  ގެންދަވަނީ ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުންކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'މި ރައީސް' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅު ހުރިގޮތަށް ބަލާއިރު ބޮޑަށް ޤަބޫލުފުޅުކުރެއްވެނީ ރައީސް ގެންދަވަނީ ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުންކަމަށް ކަމަށާއި ދީނުގެ ކަންތައްތަކާއި މެދު އެމަނިކުފާނު އަމަލުކުރައްވަނީ ދީނުގެ އުސޫލުތަކާއި، ހަމަތަކާއި ޚިލާފަށް ކަމަށެވެ.

ސަމީރު ވިދާޅުވީ، ރައީސް ޔާމީން ރިޝްވަތުގެ ހުތުރު އަމަލު ހިންގެވުމަށްޓަކައި ނައިބު ރައީސް ބޭނުންފުޅުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުން ރައީސް ޔާމީންއާ ދެކޮޅަށް ލޯކަލް ކައުންސިލް އިންތިޙާބުގައި ބަސް ބުނެފި. ރައްޔިތުން ނޭދޭ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނަވާކަށް. ރައީސްގެ އަމަލުތަކަށް ބަލާއިރު ރާއްޖޭގެ އިސްލާމްދީނާއި އެތައް ޚިލާފު އަމަލުތަކެއް ކުރައްވާފަ އެބަހުރި" ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގެންނެވި ކަމަށާއި، އެއްވެސް ތަނަކަށް އެއްވެވޭނެ ގޮތް މިއަދު ނެތްކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ނޫންކަމަށާއި ޖުޑިޝަރީވެސް އޮތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ނޫންކަމަށެވެ.

ރައީސް ޔާމީން ހުންނެވީ ގިނިކަންޏާ ކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ހިސާބުން ރައީސް ޔާމީންގެ ކައްތައްތައް ނިމިގެން ހިނގައިދާނެ ކަމަށާއި ރައީސް ޔާމީން ރައްޔިތުންނަށް ބިރުދައްކަވަމުން ގެންދަވަނީ އެހެންވެގެން ކަމަށެވެ.

 ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންފުޅު ކުރައްވައިގެން ރައީސް ޔާމީން ބޭނުންފުޅުވެލައްވާގޮތަށް  ޤާނޫނު ބަދައްލުކުރެއްވިކަންވެސް ސަމީރު ފާހަގަކުރެއްވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 19:24
ސޜ
ސިޔާސީ ސުވާލުތަކަށް ޖަވާބުދެއްވުމަށްވުރެ، ރައްޔިތުންނަށް ޚިދުމަތްކުރުން މުހިއްމު- ރައީސް
22 ޖުލައި 2017 | ހޮނިހިރު 13:43
ހަޟަވެރކަން
މީ ތަރައްގީ އަށް ލޯބިކުރާ މީހަކު ދައްކާނެ ވާހަކަ ތޯ؟ ކިތައްމެ އަޑަށް ބަރުލާ ގޮވިޔަސް ދުނިޔޭގެ ދެވަނަ އިގުތިސާދަށް ގޮންޖެހޭނެ ތޯ؟ ޓުރިލިޔަނުން ބަޖެޓް އޮންނަ ގައުމެއްގެ ވާހަކަ ދައްކަން ނަޝީދުގެ ލަދެއް ވެސް ނެތެއްނުން ތޯ!؟