ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 09:39
އެކްސިޑެންޓެއް ހިނގުން
އެކްސިޑެންޓެއް ހިނގުން
އެކްސިޑެންޓެއް ހިނގުން
ވީއައިއޭގެ ބޭރުމަގުގައި އެމްއެންޑީއެފް އުޅަނދެއް ފުރޮޅާލާ އެކްސިޑެންޓެއް ހިނގައިފި
އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގީ ހުޅުލޭ އެމްއެންޑީއެފް މަރުކަޒަށް ދިޔަ ވެހިކަލް އެއް ކަހާލައިގެން ކަމަށް
ވީއައިއޭގެ ބޭރުމަގުގައި އެމްއެންޑީއެފްގެ ވެހިކަލް އެއް ފުރޮޅާލާފައިވާ ކަމަށް އަންގާރަ ދުވަހުގެ 06:05ގައި ފުލުހުންނަށް ރިޕޯޓްކުރި
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ބޭރުމަގުގައި އެމްއެންޑީއެފް އުޅަނދެއް ފުރޮޅާލާ އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ އުޅަނދެއް ވީއައިއޭގެ ރަންވޭގެ އަރިމަތީގައި އޮންނަ ބޭރު މަގުގައި ފުރޮޅާލާފައި އޮތް މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވީއައިއޭގެ ބޭރުމަގުގައި އެމްއެންޑީއެފްގެ ވެހިކަލް އެއް ފުރޮޅާލާފައިވާ ކަމަށް އަންގާރަ ދުވަހުގެ 06:05 ގައި އެ އިދާރާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށް ވެސް ވަނީ ބުނެފައެވެ.

އެކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފާއި މީޑިއާތަކުން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގީ ހުޅުލޭ އެމްއެންޑީއެފް މަރުކަޒަށް ދިޔަ ވެހިކަލް އެއް ކައްސާލައިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް