Advertisement
ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 01:35
ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު
މުހައްމަދު ޝަރުހާން
ފުލުހުންގެ ހާއްސަ އޮޕަރޭޝަން
ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނާއި ގުޅިގެން މިރޭ 8 މީހަކު ހައްޔަރުކޮށްފި
ރާނބާ ރެސްޓޯރަންޓް ހުންނަ ސަރަހައްދުން ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަ
މިހަފްތާގައި މާލޭގައި މާރާމާރީތަކެއް ހިންގާ ބަޔަކު ޒަހަމް ކޮށްލާފައިވޭ

ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ އަށް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަނާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ހާމައެއް ނުކުރައްވައެވެ.

ފުލުހުން މީހުން ހައްޔަރު ކުރި ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ދެ ފަހަރެއްގެ މަތިން ފުލުހުން ވަނީ ބަޔަކު ހައްޔަރު ކޮށްފަ އެވެ. އަދި އެއްބަޔަކު ހައްޔަކު ކޮށްފައިވަނީ ރާނބާ ރެސްޓޯރަންޓް ތެރެއިން ކަމަށް އޭނާ ބުނެއެވެ.

"ރާއްޖެއެމްވީ"ގެ ނޫސްވެރިން ބުރާސްފަތި ދުވަހުގެ ރޭ 12 ޖަހާއެހާކަންހާއިރު ރާނބާ ރެސްޓޯރަންޓް ހުންނަ ސަރަހައްދަށް ދިޔައިރު ފުލުހުންގެ އޮތީ އެސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ބައެއް ތަންތަން ބަލާފާސްކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ނަގާލުމަށް ބަޔަކު ރާވަމުންދާކަމަށް ބުނެ ފުލުހުންވަނީ ބުދަ ދުވަހު ބަޔާނެއްވެސް ނެރެފައިވެއެވެ.

ފުލުހުން ނެރެފައިވާ މި ބަޔާނެއްގައި ބުނެފައިވަނީ، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަޔަކު ހަމަ ނުޖެހުން އުފައްދަން ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މާލެއާއި އަތޮޅުތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަމަ ނުޖެހުން ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނޭކަމަށެވެ.

ހަމަ ނުޖެހުން ހިންގުމަށް ރާވައި، އެފަދަ އަމަލެއް ހިންގަން އުޅޭކަމަށް ބެލެވޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

ފުލުހުން މި ބަޔާން ނެރެ މިފަދަ އިލްތިމާސެއް ކޮށްފައިވާއިރު، މާލޭގައި ބުދަދުވަހުގެރޭ ވަނީ ދެމީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލާފައެވެ. އަދި އަންގާރަ ދުވަހުގެރޭ ވެސްވަނީ ޗާންދަނީ މަގުގައި ގްރޫޕް މާރާމާރީއެއް ހިންގައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
6 އޮކްޓޯބަރ 2017 | ހުކުރު 00:48
Xireo
Mi fadha hamnujehun thakuge fahthugai thibeynee siyaasee meehun. Sarukaaraa MDP atheh mi kamugai vaane kamah belevenee.