Advertisement
ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 00:11
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެ އެމްވީ
އަލިފާނުގެ ހާދިސާ
ފަޅު ރަށަކަށް ގޮސް އުޅުނު ދެ މީހަކު ފިހިއްޖެ
އެ ދެ މީހުންނަށް އެހާ ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވޭ

ގދ އަތޮޅު ފަޅުރަށަކަށް ދަތުރު ގޮސްއުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޯވަރ ނައިޓަށް ދަތުރު ގޮސް އުޅުނު ބަޔެއްގެ ތެރެއިން ދެ މީހަކު ފިހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ. އެ ދެ މީހުންގެ ގައިގާ އަލިފާން ހިފީ އެރަށުގައި އެމީހުން ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރަސްފަތި ދުވަހުގެ ރޭ 19:30 ހާއިރު ގދ. ފަޅު ރަށަކަށް ދިޔަ ބަޔަކު ފިހިގެން ފުލުހުުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާނުގެ މިހާދިސާގައި ދެ މީހަކު ފިހިގެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ރަސްމީބަހެއް މިހާދިސާއަށް ގުޅިގެން ލިބިފައި ނުވިނަމަވެސް އެނގިފައިވާގޮތުގައި އެ ދެ މީހުންނަށް އެހާ ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވެއެވެ. އޭ ގެ ތެރެއިން އެކަކު 15 ޕަސަންޓްވަރު ފިހިފައިވީނަމަވެސް އޭނާގެ ހާލުވެސް ސީރިއަސް ނޫންކަމަށް އެނގިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް