Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 22:30
ސްޓެލްކޯ ބިލްޑިންގް
ސްޓެލްކޯ ބިލްޑިންގް
ގޫގުލް
ކަރަންޓު ކެނޑުން
މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދޫކޮށްފިން: ސްޓެލްކޯ
ކަަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން

މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓު ކެނޑުނުކަމުގައިވީނަމަވެސް މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފަިއވާކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. 

 

މާލޭގެ އެކި ސަރަހައްދުތަކުން މިރޭ 20:50 ހާއިރު ކަރަންޓުގެ ޙިދުމަތް މެދުކެނޑުނު ނަމަވެސް މިހާރު ކަރަންޓުގެ މައްސަލަ ހައްލުވެ، ކަރަންޓުގެ ޙިދުމަތް ލިބިގެންދާނެކަމަށް ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ޑައިރެކްޓަރ އިބްރާހީމް ރައުފް ވިދާޅުވި އެވެ. ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ރައުފް ވަނީ ވިދާޅުވެފައެވެ.

 

ރައުފް ވިދާޅުވީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ދެ ފީޑަކުން ކަމަށާއި ސީދާ މާލޭގެ ކޮން ސަރަހައްދުތަކަކުން ކަމެއް ކަރަންޓުގެ ޙިދުމަތް މެދުކެނޑުނީ ދަންނަވަން ދަތިކަމަށެވެ.

 

ރައުފް އިތުރަށް ވިދާޅުވީ މިހާރު މައްސަލަ ހައްލުވެފައިވާކަމަށާއި ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ލިބުގެންދާނެކަމަށެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް