Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:20
2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން
2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު
ދެވަނަ ބުރުގައި ފާހަގަ ޖަހާނީ ވައަތު މެދު އިނގިލީގައި
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނި 30 ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00 އަށް
ކައިރިކައިރީގައި އިންތިހާބު ބާއްވާނަމަ ފާހަގަ ޖަހާ އިނގިލި ބަދަލުކުރޭ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވަކިކުރަން ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަ ޖަހާފައިވަނީ ވައަތު ޝަހާދަތް އިނގިލީގައެވެ. ނަމަވެސް ދެވަނަ ބުރުގައި ވޯޓުލާ މީހުން ވަކިކުރުމަށް ފާހަގަޖެހުމަށް ކޮމިޝަނުން ނިންމާފައިވަނީ ވައަތު މެދު އިނގިލީގައެވެ.

އިނގިލީގައި ފާހަގަ ޖަހަނީ އެކަމަށް ހާއްސަކޮށްފައިވާ މާކަރަކުންނެވެ. އަދި އިނގިލީގެ ނިޔަފައްޗާއި ނިޔަރޮދި ހިމެނޭޖެހެން ޖަހާ މި ފާހަގައަކީ އުނދަގުލުން ފިލުވޭ ފާހަގައެކެވެ. އާންމު ގޮތެއްގައި ކައިރިކައިރީގައި އިންތިހާބު ބާއްވާނަމަ ފާހަގަ ޖަހާ އިނގިލި ބަދަލުކުރެއެވެ.

Advertisement

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނި 30 ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00 އަށެވެ.

ދެވަނަ ބުރުގައި  ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.

ދެވަނަ ބުރުގައި މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 142 ފޮށި، ހުޅުމާލޭގައި 27 އަދި ވިލިމާލޭގައި 7 ވޯޓު ފޮއްޓެވެ. އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު, ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓައެވެ. ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓްތަކުގައި 65 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖެއިން ބޭރުގައި 9 ވޯޓު ފޮށި ބަހައްޓާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް