ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 18:25
ފާރިސް ކޯޓަށް ހާޒިރު ވަނީ: މިހާރު ވަނީ ބަންދުކޮށްފައި
ފާރިސް ކޯޓަށް ހާޒިރު ވަނީ: މިހާރު ވަނީ ބަންދުކޮށްފައި
މުހައްމަދު ޝަރުހާން
ފާރިސް ހައްޔަރުކުރުން
ފާރިސް ރިމާންޑް ޖަލެއްގައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފް ކަމެއް: ވަކީލު
ފާރިސް ބަންދުގައި ބަހައްޓާފައި ހުރީ ޤާނޫނާ ޚިލާފް ތަނެއްގައި
ތަހުގީގަށް 24 ގަޑިއިރަށްވުރެ ގިނަ އިރު ރިމާންޑް ޖަލެއްގައި ނުބެހެއްޓޭނެ
ކްރިމިނަލް ކޯޓުގެ އަމުރު މުރާޖައާ ކުރުމަށް ވަނީ އެދިފައި

ޝަރީއަތް ނިމެންދެން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފް ކަމެއް ކަމަށާއި އެކަމަށް ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ފާރިސްގެ ޤާނޫނީ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

 

ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ކްރިމިނަލް ކޯޓު ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޤާޟީ އާދަމް އާރިފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފާރިސްއަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހުކުމެއް ކުރެވެންދެން ނުވަތަ ބަންދާމެދު އިތުރު ގޮތެއް ކަނޑައެޅެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރައްވާފައިވާއިރު، އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރެވިފައިވާ މައްސަލައިގާ އެއްވެސް ދައުވާއެއް މިހާތަނަަށް އެއްވެސް ކޯޓަކަށް ހުށަހެޅިފައި ނުވާއިރު ތަހުގީގް މަރުހަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފް ކަމެއް ކަމަށެވެ.

 

ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު އެދިލައްވާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސް ޤާޟީއަށް ލިބިލައްވާފައިވާ ބާރުގެ ދަށުން އަދި އެއަމުރުގައި ބަންދާމެދު އިތުރުގޮތެއް ކަނޑައަޅަންދެން ބަންދުކުރުމަށް އަމުރު ކުރައްވާފައިވާތީ ކްރިމިނަލް ކޯޓުގެ ނަމްބަރ J/MD/2017/4166  އަމުރުގައި އަހުމަދު ފާރިސް މައުމޫން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކުރައްވާފައިވާ އަމުރު މުރާޖަޢާ ކޮށްދެއްވުން އެދޭ ކަމަށެވެ.

 

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ މަޤްސަދު ތަކުގެ ތެރޭގައި ބުނެފައިވަނީ 24 ގަޑިއިރަށްވުރެ ދިގުމުއްދަތަކަށް ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރަން ވާނީ އެޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތައް ގިންތި ކުރެވިފައިވާ ޖަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއްގައި ކަމަށެވެ. އަދި އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ތަފާތު ގިންތިތަކުގެ ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ބަހައްޓާނީ އެގިންތިއަކަށް ޚާއްޞަ ކުރެވިފައިވާ ޖަލެއްގައި ކަމަށެވެ. އެގޮތުން އެމާއްދާގެ (ހ) ގެ  1 ގައި ބުނެފައިވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަންވާނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ.

 

އިތުރު ބަޔަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މައުމޫން ހައްޔަރުކޮށްފައިވާއިރު އެޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. ނަމަވެސް އަދި ފާރިސްއާ ދެކޮޅަށް އެތުހުމަތުގައި ދައުވާއެއްވެސް ކޮށްފައެއް ނުވެއެވެ.

 

- ކޮމެންޓް