ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 12:57
ފުރަތަމަ ބުރުގައި ވޯޓު ގުނުމުގެ ތެރެއިން
ފުރަތަމަ ބުރުގައި ވޯޓު ގުނުމުގެ ތެރެއިން
ރާއްޖެއެމްވީ
ވޯޓްލުމުގެ ރަޖިސްޓަރީ
ވޯޓްލުމުގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން ކުރިއަށްދަނީ
އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު ކަމަށް
މިއަދު ހަވީރުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ދާނެ
ދެވަނަ ބުރުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282803

ރިޔާސީ އިންތިޚާބުގެ 2023ގެ ދެވަނަ ބުރު ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި މިއަދު ހަވީރުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދަނީ ވަރަށް އަމާންކަމާއި އެކުގައި ކަމަށެވެ. ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ިހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. ނަމަވެސް ދެވަނަ ބުރުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282803 އެވެ. ރިޔާސީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރައްވަނީ ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހެޅުއްވުމަށް ފަހުގައެވެ.

- ކޮމެންޓް