Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 17:46
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުން ތުމަތުކުރާ މީހުން
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުން ތުމަތުކުރާ މީހުން
އަޝްވާ ފަހީމް
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
ތިން މީހުންގެ މައްޗަށް ތިން ދައުވާއެއްކޮށްދިނުމަށް އެދިފައިވޭ
ދައުވާކޮށްދިނުމަށް އެދި ހުށައަޅާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި، ޓެރަރިޒަމްގެ ދައުވާއާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ދައުވާ
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި

އަނިޔާވެރި، ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް، ތިން ދައުވާއެއްކުރުމަށް ފޮނުވައިފި އެވެ.

 

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ، އިސްމާއިލް ރަޝީދާއި، އިސްމާއިލް ހައިޝަމް ރަޝީދުއާއި އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

 

އެ ތިން މީހުންގެ މައްޗަށްވެސް ތިން ދައުވާއެއްކޮށްދިނުމަށް އެދި ހުށައަޅާފައިވެއެވެ. އެގޮތުން އެ ތިން މީހުންފެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށައަޅާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި، ޓެރަރިޒަމްގެ ދައުވާއާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގިކަމުގެ ދައުވާއެވެ.

 

 

ފުލުހުން ބުނީ އެމީހުންގެ ތެރެއިން ހައިޝަމަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް