Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 12:14
އައިޖީއެމްއެޗް އެއްބަސްވުން
އައިޖީއެމްއެޗް އެއްބަސްވުން
ރާއްޖެއެމްވީ
އައިޖީއެމްއެޗް އެއްބަސްވުން
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އައިލެންޑް އޭވިއޭޝަންގެ ޑެސްކެއް އައިޖީއެމްއެޗުގައި ބެހެއްޓޭނެ
މޯލްޑިވިއަން އިން ދަތުރު ކުރާ ހުރިހާ މަންޒިލަކަށް ދެވޭނެ

ވައިގެ މަގުން ބަލި މީހުން އުފުލުން ހަރުދަނާ ކުރުމަށް އައިޖީއެމްއެޗާއެކު އައިލެންޑް އޭވިއޭޝަނުން ސޮއިކޮށްފި އެވެ.

އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، މި އެއްބަސްވުމުގެ ބޭނުމަކީ، އެ ހޮސްޕިޓަލުގެ ހިދުމަތް ހޯއްދަވާ،ފަރާތްތަކުގެ އިތުރަށް މުވައްޒަފުންނަށް އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކަންކަން ކުރުމަށެވެ. މި އެއްބަސްވުމުގެ ދަށުން، މިހާރަށްވުރެ ފަސޭހައިން ބަލި މީހުންގެ ދަތުރުތައް ހަމަޖެއްސިގެންދާނެ އެވެ. 

" އުއްމީދަކީ، މި ހިސާބުން، އާސަންދައިގެ ތެެރެއިން އެހެން ހޮސްޕިޓަލްތަކަށް ގެންދާ މީހުންނަށް، އަޅުގަނޑުމެންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ،" ޝަހީރު ވިދާޅުވި އެވެ.

މީގެ އިތުރުން ޑޮކްޓަރުންގެ ރަސްމީ ދަތުރުތަކާއި ޗުއްޓީއަށް ވަޑައިގަންނަވާއިރު ވެސް ދަތުރުފަތުރުގެ ފަސޭހަތަކެއް، މި އެއްބަސްވުމުގެ ދަށުން ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އެއާލައިންއިން ދަތުރުކުރާ މަންޒިލްތަކުގެ އިތުރަށް، މޯލްޑިވިއަން ހޮލިޑޭސްއިން ދަތުރުކުރާ މަންޒިލްތަކަށް ވެސް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އައިޖީއެމްއެޗުގައި އައިލެންޑް އޭވިއޭޝަންގެ ކައުންޓަރެއްވެސް ބެހެއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ޑޮކްޓަރުންނާއި ނަރުހުންނާއި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކާ، މީހުންނަށް ވަަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ." ހާރިސް ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް