Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 12:18
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
ދަރަނި މެނޭޖްކުރުން
ދަރަނި ދައްކާނެ ގޮތެއް ނޭނގިގެން އުޅޭ ފަރާތްތަކުން ވެރިކަމަށް ކުރިމަތިނުލުން ބުއްދިވެރި: މަހުލޫފު
މަހުލޫފު ވިދާޅުވީ، ހުރިހާ ދާއިރާއަކުންވެސް ރައީސް ސާލިޙު ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވާފައިވާ ކަމަށް
ކޮވިޑުގެ ޙާލަތުގައި ޤައުމު އޭރު އޮތް ޙާލަތުން ދަރަނި ނަގައިގެންވެސް ޤައުމު ހިންގަން މަޖުބޫރުވި
ރައީސް ސާލިޙަށް ދަރަނި މެނޭޖު ކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާކަމަށް މަހުލޫފު ވިދާޅުވި

ޤައުމުގެ ހިންގުމަށްޓަކައި ނަގާ ދަރަނި ދައްކާނެ ގޮތެއް ނޭނގިގެން އުޅޭ ފަރާތްތަކުން ވެރިކަމަށް ކުރިމަތިނުލުން ބުއްދިވެރިކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ، ހުރިހާ ދާއިރާއަކުންވެސް ރައީސް ސާލިޙު ޤައުމަށް ކުރިއެރުން ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.

Advertisement

ދަރަނީގެ ވާހަކައަށް ރައްދު ދެއްވައި މަހުލޫފު ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވި އާލަމީ ވަބާއާއިހެދި ދަރަންޏަށް ފައިސާ ނަގަން މަޖުބޫރުވެގެންދިޔަ ކަމަށެވެ. އަވައްޓެރި އެތައް ޤައުމެއް ކޮވިޑުގެ ވަބާގެ ތެރޭގައި އިނދަޖެހިގެންދިޔަކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، އެވަގުތު ދަރަނި ނެގުމަކީ ރައީސް ޤައުމަށްޓަކައި ނިންމެވި ރަނގަޅު ނިންމެވުމެއް ކަމަށެވެ.

މަހުލޫފު ވިދާޅުވީ، އެ ދަތި ޙާލަތުގައިވެސް ސަރުކާރުން ނުހަނު ރަނގަޅަށް ކޮވިޑު މެނޭޖުކޮށްފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުތައް ފުނޑުފުނޑުވެގެން ދިޔައީ ދެއްތޯ
ޔޫތު މިނިސްޓަރު އަހުމަދު މަޙުލޫފު

މަހުލޫފު އިތުރަށް ވިދާޅުވީ، ޤައުމު އޭރު އޮތް ޙާލަތުން ދަރަނި ނަގައިގެންވެސް ޤައުމު ހިންގަން މަޖުބޫރުވެފައިވާ ކަމަށާއި، ރައީސް ސާލިޙު ރަނގަޅު ދަނޑިވަޅުގައި ރަނގަޅު ނިންމެވުންތައް ނިންމަވާފައިވާ ކަމަށެވެ.

އަޅުގަނޑަށް ކުރެވުނު ގޮތަކުން އަޅުގަނޑު މަސައްކަތް ކުރާނެ ދެއްތޯ އަޅުގަނޑުގެ ދަރިންނަށް ކާންދީ ބޮޑުކުރަން، ވީމާ މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންވެސް އަޅުގަނޑު އެ މުހުތާދުތައް ފުރިހަމަކޮށްދެވޭތޯ މަސައްކަތް ކުރާނެ، އެހެންވީމާ މި ޤައުމުގެ ބައްޕައަކަށް ހުރި މީހާގެ ޙައިސިއްޔަތުން ރައީސް ސާލިޙު އެއަށްވުރެ މޮޅަށް ކުރެއްވި ކަމެއް އަޅުގަނޑަކަށް ނުވިސްނޭ
ޔޫތު މިނިސްޓަރު އަހުމަދު މަޙުލޫފު

މަހުލޫފު ވިދާޅުވީ، ޤައުމު ހިންގުމަށްޓަކައި ނަގާ ދަރަނި ދައްކާނެ ގޮތެއް ނޭނގިގެން އުޅޭ ފަރާތްތަކުން ވެރިކަމަށް ކުރިމަތިނުލުން ބުއްދިވެރިކަމަށެވެ. ރައީސް ސާލިޙަށް ދަރަނި މެނޭޖު ކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، ރައީސް ސާލިޙުގެ ވެރިކަން ނޫން ވެރިކަމެއްގައި ޤައުމުގެ ރައްޔިތުން ކަރުނައަޅާ ރޯން ޖެހޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.

މަހުލޫފު ވަނީ ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދެއްވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކޮށްދިނުމަށް އެދިލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް