ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 08:55
ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދަނީ
ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދަނީ
ހަޔަރ އެޑިއުކޭޝަން
އިމާރާތް ކުރުމުގެ ގާނޫނު
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އޮންލައިންކޮށް
ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުން ފެށިގެން ޑިސެންބަރު މަހަށް
ޕްރޮގްރާމްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފޯމް ހުށަހަޅަންޖެހޭ

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް އޮންލައިން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުން ފެށިގެން ޑިސެންބަރު މަހަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ސެޝަންތަށް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އިމާރާތްކުރުމުގެ އިމާރާތްކުރުމުގެ ގާނޫނާއި، މިގާނޫނުގެ ދަށުން  އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުވުން ކަމަށެވެ. އަދި މި ސެޝަންތަކުގައި އިމާރާތްކުރުމުގެ ގާނޫނާއި، މިގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ރަޖިސްޓަރީވެފައިވާ ހުއްދަދޫކުރާ އިދާރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު އަމަލުކުރަންވީ ގޮތްފަދަ ކަންކަމަށް އަމާޒުކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާއްވަލެއް މިނިސްޓަރީގެ ވެބްސައިޓް އަދި މީސްމީޑިޔާގައި ހިއްސާކުރެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 1 އޮކްޓޯބަރ 2023 ގެ ކުރިން ގުގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރަންޖެހޭ ކަމަށެވެ. އަދި އިތުރު މައުލޫމާތެއް ބޭނުންވާނަމަ 7970415 ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް