ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 10:20
ޗައިނާ އެމްބަސީ
ޗައިނާ އެމްބަސީ
ރާއްޖެއެމްވީ
ޗައިނާ އެމްބަސީ
ޗައިނާ އާއި ރާއްޖޭގެ ގުޅުން ހީނަރުވާގޮތަށް ޚަބަރު ނުފަތުރަން އެ ޤައުމުން ގޮވާލައިފި
އެއްވެސް ޤައުމެއްގެ ދާޚިލީ ކަމެއްގެ ތެރެއަށް ޗައިނާއިން ނުވަންނާނެ
ޗައިނާއާ މެދު ނަފުރަތު އުފައްދަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވާގޮތަށް ޚަބަރު ނުފެތުރުމަށް އެ ޤައުމުން ގޮވާލައިފިއެވެ.

ޗައިނާ އެމްބަސީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ބައެއް މީޑިއާތަކުން އެ ޤައުމަށް އަމާޒުކޮށް ދޮގު ޚަބަރުތައް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ޚަބަރުތައް ފަތުރަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން ހީނަރުކޮށްލުމުގެ ބޭނުމުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަކީ ޗައިނާއިން އަބަދުވެސް ގެންގުޅޭ ޕޮލިސީއެއްކަން ފާހަގަކޮށް ޗައިނާ އެމްބަސީން ބުނީ އެ ޤައުމުން ރާއްޖެއަށް ކޮށްދީފައިވާ ކަންކަމަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީކުރުމަށް އެހީވުން ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ހީނަރުވާގޮތަށް ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ޗައިނާއާމެދު ދިވެހިންގެ މެދުގައި ނަފުރަތު ނުއުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ދެ ޤައުމުގެ ގުޅުން ހީނަރު ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބު ވާނެ ކަމަށް ވެސް އެ ޤައުމުގެ އެމްބަސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް