Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 08:50
އަމާން އުދަރެސް ފްލެޓުތައް
އަމާން އުދަރެސް ފްލެޓުތައް
ރައީސް އޮފީސް
ފުލެޓް ލިސްޓް
ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ
ފުލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފްތާގެ ތެރޭގައި ނެރުމަށް ދަނީ މަސައްކަތް ކުރަމުން
ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށަހަޅާފައި

ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހެޅި ޝަކުވާތަށް ބަލާ، ސްޓޭޓަސްއަށް އައި ބަދަލު މިހާރު ޕޯރޓަލްއިން ފެންނާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ޕްލޭނިންގ މިނިސްޓްރީން އާއްމުކުރީ މިދިޔަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޯގަސްޓް 22ގެ ނިޔަލަށް ހުޅުވާލިއެވެ.

އަދި ފުލެޓަށް ކުރިމަތިލި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ޕްލޭނިންގ މިނިސްޓްރީން މަސައްކަތް ފަށާފައިވާއިރު، ފުލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފްތާގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ ސުންގަޑި، މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

Advertisement

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ދަނީ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހުރިހާ ހައުސިން ޔުނިޓުތައް 2024 ގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެ 4،000 ހައުސިން ޔުނިޓަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ތަންތަނެވެ. އޭގެ ތެރެއިން 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ކަމަށާއި، 2،000 ޔުނިޓު އަޅަނީ އިންޑިއާގެ އެންބީސީސީ ކުންފުނިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި ޖުމުލަ 32 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓްމަންޓެވެ.

އޭގެތެރޭގައި ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓު ހިމެނެއެވެ.

Advertisement

Advertisement
- ކޮމެންޓް