Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 18:05
ފޭރެން އުޅުނު އަންހެން މީހާ
ފޭރެން އުޅުނު އަންހެން މީހާ
ފޭސްބުކް
ފޭރުމުގެ މައްސަލަ
ފޭރެން އުޅުނު އަންހެނަކު ހިފެހެއްޓުމުން ލައިގެން ހުރި ޓީޝާޓް ދޫކޮށްލައި ފިލަން އުޅެފި!
އޭނާ ބަރަހަނާވީ ހިފަހައްޓަން އުޅުމުގެ ތެރޭގައި
އެ އަންހެން މީހާ ހައްޔަރުކޮށް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން

އުމުރުން ދުވަސްވީ ފިރިހެނެއްގެ އަތުން ލާރިތަކެއް ފޭރިގަނެގެން ފިލަން ދުއްވައިގަތް އަންހެނަކު ހިފަހައްޓަން އުޅުމުން އޭނާ ލައިގެން ހުރި ޓީޝާޓް ދޫކޮށްލުމަށް ފަހު ފިލަން އުޅެފިއެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ފޮޓޯއާއި ގުޅިގެން އެތަށް ބަޔަކު ދިޔައީ އެ ފޮޓޯއިން ފެންނަ ފިރިހެންމީހާއަށް ރައްދުކޮށް އެކި ވާހަކަތައް ދައްކަމުންނެވެ. އެހެންނަމަވެސް މިކަން ހިނގައިގޮސްފައިވަނީ ދެކެވޭ ވާހަކައާއި މުޅިން ޚިލާފަށެވެ.

ފުލުހުން ބުނީ 37 އަހަރުގެ އެ އަންހެން މީހާ މަސައްކަތްކުރީ ފިރިހެން މީހާއަތުން ލާރިތަކެއް ފޭރިގަނެގެން ފިލަން ކަމަށެވެ. އަދި އޭނާ އެ އަމަލު ހިންގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފައެވެ. އެކަން ހިނގީ މިއަދު 11.30 ހާއިރު މ.ތަރާނާގެއާގެ ކައިރީގައެވެ.

ފޮޓޯއިން އެ ފެންނަނީ އެ އަންހެން މީހާ ހިފަހައްޓަން އެ ފިރިހެން މީހާ ކުރި މަސައްކަތާއި ލައިގެން ހުރި ޓޮޕު ފިރިހެން މީހާ އަތަށް ދޫކޮށްލާފައި އަންހެން މީހާ ދުވެފައިދާ މަންޒަރެވެ.

އެ އަންހެން މީހާ ހައްޔަރުކޮށް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 14:29
މާނާ
މީހަމަ ދިވެހި އަންހެނުންގެ ޙާލަތުތޯ މި ވެރިކަމުގަ؟ ފޭރިގެން ނޫނީ ބަނޑުފުރާނަ މުައްތި ވެސް ނުވަނީތޯ؟
19 ޖުލައި 2017 | ބުދަ 18:38
Sinbe
Ehenve dho firihen goals Haifa ehcheh netheeves