Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 17:18
ފަރަށް އެރި ދެ ދޯނި ތެރެއިން އެއް ދޯނި
ފަރަށް އެރި ދެ ދޯނި ތެރެއިން އެއް ދޯނި
އެމްއެންޑީއެފް
ދޯނި ފަރަށް އެރުން
ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި
ފަރަށް އެރީ ނޫރު ނަމަކަށް ކިޔާ ދޯންޏަކާއި ކުރޫޒާ 4 ނަމަކަށް ކިޔާ ދޯންޏެއް

ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

 

އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވަނީ ތ.އޮޅުގިރިން ފުރައިގެން މާލެއަށް ދަތުރުކުރި "ނޫރު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ވ.ފޮއްތެޔޮ މުލި ފަރަށް އަރައިގެންނެވެ. ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މިދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްއަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ 23:30  ގައެވެ.

 

އެމްއެންޑީއެފް ކޯސްޓްގާޑުން ދެން ހަރަކާތްތެރިވާން ފަށާފައިވަނީ މާލެއިން މުދާ ބަރުކޮށްގެން ށ.އަތޮޅު ގާކޮށިނބި އަށް ދަތުރުކުރި "ކުރޫޒާ 4" ދޯނި އެރަށު ނެރުމައްޗަށް ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުމާއި ގުޅިގެންނެވެ. ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ އަންގާރަ ދުވަހުގެރޭ 20:15 ގައެވެ. މި ދޯނި ފަރަށް އެރިއިރު ދޯނީގައި ހަތަރު ފަޅުވެރިން ދަތުރުކުރިއެވެ.

 

މި ދެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް