ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 17:16
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި
އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،395 މީހުންގެ ތެރެއިން 225،486 މީހުން

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮތް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.

އިންތިޚާބީ މަރުކަޒު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކޮށްދެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ރަސްމީ ނަތީޖާއަށް ބަލާލާއިރު އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،395 މީހުންގެ ތެރެއިން 225،486 މީހުންނެވެ. އެއީ 79.85 އިންސައްތައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ:

  1. ކެންޑިޑޭޓް ނަމްބަރު 1 އުމަރު ނަސީރު (އަމިއްލަގޮތުން) : 6343 ވޯޓު ، % 2.87
  2. ކެންޑިޑޭޓް ނަމްބަރު 2 ހަސަން ޒަމީލު (އަމިއްލަ ގޮތުން) : 327 ވޯޓު . %0.15
  3. ކެންޑިޑޭޓް ނަމްބަރު 3 އިބްރާހީމް މުހައްމަދު ޞާލިހު (އެމްޑީޕީ): 86،161 ވޯޓު ، % 39.05
  4. ކެންޑިޑޭޓް ނަމްބަރު 4 ޑރ މުހައްމަދު މުއިއްޒު (ޕީއެންސީ): 101،635 ވޯޓު، % 46.06
  5. ކެންޑިޑޭޓް ނަމްބަރު 5 ޤާސިމް އިބްރާހީމް (ޖޭޕީ) : 5460 ވޯޓު، % 2.47
  6. ކެންޑިޑޭޓް ނަމްބަރު 6 އަހުމަދު ފާރިސް މައުމޫން (އަމިއްލަގޮތުން): 2979 ވޯޓު، % 1.35
  7. ކެންޑިޑޭޓް ނަމްބަރު 7 އިލްޔާސް ލަބީބު (ދަ ޑިމޮކްރަޓްސް): 15،839 ވޯޓު، %7.18
  8. ކެންޑިޑޭޓް ނަމްބަރު 8 މުހައްމަދު ނާޒިމް(އެމްއެންޕީ) : 1907 ވޯޓު، %0.86

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން 4،835 ވޯޓަކީ ބާތިލު ވޯޓެވެ. އަދި ޞައްހަ ވޯޓުގެ އަދަދަކީ 220،651 އެވެ.

އިންތިޚާބުގެ ނަތީޖާދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ލިބިވަޑައިގެންފައިނުވާތީ މިމަހުގެ 30 ވަނަ ދުވަހު ވޯޓުގެ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް