ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 11:47
ލިއޯންގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް
ލިއޯންގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް
ރޮއިޓާސް
ލިއޯން
ލިއޯން އިން ލޯރެންޓް ބްލޮންކް މަގާމުން ވަކިކޮށްފި
ބްލޮންކް މަގާމުން ވަކިކުރަން ނިންމީ، އޭނާ އާއެކު އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން

ފްރާންސް ލީގުގެ ލިއޯން އިން، އެކުލަބުގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް މަގާމުން ވަކިކޮށްފި އެވެ.

އުމުރުން 57 އަހަރުގެ ބްލޮންކް މަގާމުން ވަކިކުރަން ނިންމީ، އޭނާ އާއެކު އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. މިވަގުތު ލިއޯން އޮތީ ވެސް ފްރާންސް ލީގުގެ އެންމެ ފުލުގަ އެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ބްލޮންކް މަގާމުން ވަކިކުރުމަށް ނިންމީ ލިއޯންގެ އިސްވެރިންގެ މެދުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު އެވެ. މަގާމުން ބްލޮންކް ވަކިކުރަން ނިންމީ، އޭނާ އާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތީންނެވެ.

ލިއޯންގެ ކޯޗުކަމަށް ބްލޮންކް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭރު އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ޕީޓާ ބޯސް މަގާމުން ވަކި ކުރުމަށްފަހު އެވެ. ބްލޮންކް މަގާމުން ވަކި ކުރުމަށްފަހު ލިއޯން އިން މިހާރު އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ވަގުތީ ކޯޗުން ލިއޯންގެ ކޯޗުކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ޖީން ވުލިއޭޒާ އެވެ. އޭނާ އަކީ އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް