Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 12:16
ފާރިސް މައުމޫންގެ ގެ ކައިރިން ފުލުހުން ހަރަކާތްތެރިވަނީ
ފާރިސް މައުމޫންގެ ގެ ކައިރިން ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ފާރިސް މައުމޫން ހައްޔަރުކުރުން
ފާރިސް ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފި
އިއްޔަވެސް ފުލުހުންވަނީ އެގެއަށް ވަދެފައި
ބައެއް ތަކެތިވެސް ވަނީ އެގެއިން ގެންގޮސްފައި
އެގެއިން ގެންދިޔައީ ސީސީޓީވީ ކެމެރާގެ ހާޑް ޑިސްކު

 ދިއްގަތު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ދިރިއުޅުއްވާ މ. ސްނޯރޯސްގެ އަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފިއެވެ. 

ފާރިސްގެ ގެ ބަލާ ފާސްކޮށްފައިވަނީ އޭނާ ކްރިމިނަލް ކޯޓަށް މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް ގެންގޮސްފައިވަނިކޮށެވެ. 

ފުލުހުން ގެއަށް ނުވަދެ މަޑުކޮށްގެން  ފާރިސްގެ ވަކީލުން ވަޑައިގަންނަވަންދެން ތިބި ނަމަވެސް މެންދުރު 01:30 ހާއިރު ވަނީ ފާރިސް އުޅޭ ގެއަށް ވަދެފަ އެވެ. ގެއަށް ވަދެފައިވަނީ އެ ގޭގެ ބޭރުގައި ހުރި ސެކިއުރިޓީ ކެމެރާގެ ހާޑު ނެގުމަށެވެ.

ސްނޯރޯސްއަށް ވަނުމަށް  ނެރެފައވާ ކޯޓު އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށްޓަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި އިތުރު ބަޔަކު ބައިވެރިވެގެން  ރައްޔިތުންގެ މަޖިލީހުގެ ބަޔަކު ބައިވެރިވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމުގަ އެވެ.

މި އަމުރުގެ ދަށުން ހިފެހެއްޓުމަށް ބޭނުންވާ ތަކެތީގެ ތަފްސީލުގެ ގޮތުގައި ވަނީ މާފަންނު ސްނޯރޯސް ގޭގައި ބަހައްޓާފައިވާ ޑީ.ވީ.އާރު އެވެ.

މި ކޯޓު އަމުރުގެ ދަށުން ލިބިފައިވާ، ހެއްކާ ގަރީނާގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިންޓެލިޖެންސް ސިއްރު މައުލޫމާތާއި ހެއްކެއްގެ އެކިބަހުގެ އިތުރަށް މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖުތަކުގެ ތަފްސީލު އަދި މައްސަލައާ ގުޅޭ ވީޑިޔޯއެއްގައި ހިމެނޭ އޯޑިއޯ ސްކްރިޕްޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު އެވެ.

އަންގާރަ ދުވަހު ފާރިސް ހައްޔަރު ކުރުމުގެ ކުރިން މ. ސްނޯރޯސް ބަލާ ފާސްކޮށް ބައެއް ތަކެތި ވެސް ވަނީ އޭނާގެ އެޕާޓްމެންޓުން ގެންގޮސްފަ އެވެ.

ފާރިސްގެ މައްޗަށް ވަނީ ތިން ތުހުމަތެއްކޮށްފަ އެވެ. އަދި ދައުވާ ވެސް ނުކުރާ އެ މައްސަލަތައް ނިމެންދެން ކޯޓުން ވަނީ ފާރިސް ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައެވެ. 

އެގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް އަންގާރަ ދުވަހު ބަލާފާސްކުރުމަށްފަހު، ފޯނާއި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އައި އެނޫން ވެސް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް