Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 19:04
ޕްރޮފެސަރު ހަސަން އުގައިލް
ޕްރޮފެސަރު ހަސަން އުގައިލް
ޝުއައިބް މުހައްމަދު އިގްބާލް
ޕްރޮފެސަރު އުގައިލްގެ ތައުރީފު މި ސަރުކާރަށް
މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތް: ޕްރޮފެސަރު އުގައިލް
ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުން
ސުލްހަވެރިކަމާއި އަމާންކަމާއެކު ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފަށައި، ކުރިޔަށްދޭ

މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވައި އުގައިލް ވިދާޅުވީ، ސުލްހަވެރިކަމާއި އަމާންކަމާއެކު ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފަށައި، ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ.

ސަރުކާރު ބަދަލުވެއްޖެނަމަ ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓޭނެކަން ފާހަގަކުރައްވައި އުގައިލް ވިދާޅުވީ، ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ ކަމަށާއި، މިއީ ގަބޫލްކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި ގަސްތުގައި ނުކުރެއްވިޔަސް މިއީ ތަބީއީ އާދައެއް ކަމަށް އުގައިލް ވިދާޅުވިއެވެ.

އެހެންކަމުން ނުހުއްޓި ރައީސް ސާލިހާއެކު ކުރިއަށްދިއުމަށް އުގައިލް ގޮވާލެއްވިއެވެ.

ޕްރޮފެސަރު އުގައިލް މިސަރުކާރަށް ތާއީދުކުރައްވާފައި ވާއިރު، ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް ވަނީ ރައީސް ސާލިހު އެންޑޯޒު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް