Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 13:04
ރައީސް ސާލިޙުގެ ދެކަނބަލުން
ރައީސް ސާލިޙުގެ ދެކަނބަލުން
ރާއްޖެއެމްވީ
ފަރސްޓްލޭޑީ ފަޒްނާ
"އަޅުގަނޑަށް މަރު ޔަޤީންވާހާ ޔަޤީން އިބޫ ވައްކަމެއް ނުކުރައްވާނެކަން"
ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހިޔާނަތްތެރިވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވި
ޤާނޫނުތަކަށް ބެލުމެއްނެތި ވެރިކަން ކުރައްވާ ވެރިއަކު ވަޑައިގެންފިނަމަ އެހެންވެސް ވެދާނެކަމަށް ވިދާޅުވި

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވައްކަމެއް ނުކުރައްވާނެކަން ޔަޤީން ކުރައްވާކަމަށް ފަރސްޓްލޭޑީ ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހިޔާނަތްތެރިވެވަޑައިގެން ޖަލަށް ލާން ޖެހިވަޑައިނުގަންނަވާނެކަން އެކަމަނާއަށް ޔަޤީން ކަމަށެވެ.

އަޅުގަނޑަށް މަރު ޔަޤީންހާ ޔަޤީން އިނގޭތޯ އިބޫ ވައްކަމެއް ނުކުރައްވާނެކަން
ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވައްކަމެއް ނުކުރައްވާނެކަން ޔަޤީން ކުރެވޭކަން ފާހަގަކުރައްވައި ފަޒްނާ ވިދާޅުވީ، އެފަދަ ކުށެއްގައި ޖަލަށް ލާން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އެހެންނަމަވެސް ރައީސް ސާލިޙާމެދު ރުޅިވެރިކަމެއް އޮވެ، ޤާނޫނުތަކަށް ބެލުމެއްނެތި ވެރިކަން ކުރައްވާ ވެރިއަކު ވަޑައިގެންފިނަމަ އެހެންވެސް ވެދާނެކަން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް