ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ގިނަ ވޯޓު ލިބިވަޑައިގެން އިންތިޚާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް 2018ގެ ރިޔާސީ އިންތިޚާބުގައި 134616 (އެއްްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓު ލިބިވަޑައިގަތެވެ. ފެބުރުވަރީ 1995ން، ނޮވެންބަރު 2018ށް، މަޖިިލިސްގެ މެންބަރު ކަމުގެ 5 ދައުރުގެ 25 ވަރަކަށް އަހަރަށްފަހު، ނޮވެންބަރު 2018ން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި 5 އަހަރު ފުރިހަމަ ވަނީއެވެ. ސިޔާސީ ތަޖުރިބާގެ ރެކޯޑެކެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ލީޑަރެވެ. (ކެބިނެޓު މިނިސްޓަރުން ފެންވަރުގެ ހައިސިއްޔަތެކެވެ.)

ވީމާ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޔާސީ ކެންޑިޑޭޓުންނާއި، ރިޔާސީ ރަނިންމޭޓުންގެ ތެރެއިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދައުލަތުގެ މަތީ ހައިސިއްޔަތާއި މަގާމުތައް މެދުކެނޑުމެއްނެތި އެންމެދިގު މުއްދަތެއްގައި އަދާކުރައްވާ ރާއްޖޭގެ ސިޔާސީ އެންމެ ތަޖުރިބާކާރުކެންޑިޑޭޓާއި އެންމެ ތަޖުރިބާކާރު ރަނިންމޭޓު ކަމުގައި, ހިމެނިވަޑައިގަންނަވާ 2 ބޭފުޅުންނެވެ. ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ރިޔާސީ ރަނިންމޭޓު އޮނަރަބަލް އެމްޕީ މުޙައްމަދު އަސްލަމަކީ، މަޖިލިސްގެ ތާރީޚުގައިވެސް މަޖިލިސްގެ މެންބަރު ކަމަށް އަތޮޅެެއްގެ އެންމެ ގިނަވޯޓު ލިބިވަޑައިގަތުމުގެ ރެކޯޑު ލިބިވަޑައިގެންފައިވާ މަޖިލިސްގެ މެންބަރެވެ. އައްޑުއަތޮޅު މެންބަރު ކަމަށް 2005 ވަނައަހަރު 6985 (ހަހާސް ނުވަސަތޭކަ އަށްޑިހަ ފަސް) ވޯޓުން އިންތިޚާބުވެވަޑައިގަތުމެވެ. ރައްޔިތުންގެ މަޖިލިސްގައި ފެބުރުވަރީ 2005ން ފެށިގެން 4 ދައުރުގައި 20(ވިއްސަކަށް) އަހަރުވަނީއެވެ. އޮނަރަބަލް އެމްޕީ މުޙައްމަދު އަސްލަމަކީ މިހާރު ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ލީޑަރެވެ. (ކެބިނެޓު މިނިސްޓަރުން ފެންވަރުގެ ހައިސިއްޔަތެކެވެ.) ވީމާ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މެދުނުކެނޑި މިފަހަރު އެންމެ ތަޖުރިބާކާރު ރަނިންމޭޓެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިކުމެވަޑައިގަތީ 1994ގައި އޮތް، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުންނެވެ. މިއިންތިޚާބުގައި ފާދިއްޕޮޅުގެ ގޮނޑިއަށް ހޮވިވަޑައިގެން 1995ން 2018ށް މެދުނުކެނޑި 24 އަހަރު (25 ވަރަކަށް އަހަރު) ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (2009ން ފެށިގެން ހިންނަވަރު ދާއިރާގެ މެންބަރުކަން) ކުރެއްވިއެވެ. ދައުލަތުގެ އެހެން މަގާމެއް އަދާ ނުކުރައްވައި ފުލްޓައިމް އެމް.ޕީ.އެކެވެ. މިއީ ރައްޔިތުންގެ މަޖިލިސްގެ ތާރީޚުގެވެސް ރެކޯޑެކެވެ. 2009ގެ ކުރިން ފުލްޓައިމް އެމް..ޕީ. އިން ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާނުކޮށް ހަމައެކަނި މަޖިލިސް މެންބަރުކަން ކުރުން ލާޒިމު ނުވާ ދުވަސްވަރުން ފެށިގެން ކަމުގައިވީތީއެވެ. އަދި ކީއްތޯއެވެ. ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރ، މައިނޯރިޓީ ލީޑަރ، މެޖޯރިޓީ ލީޑަރކަން އަދާކުރެއްވިއެވެ. މަޖިލިސްގެ މުހިންމު ކޮމެޓީތަކުގައި އުޅުއްވިއެވެ. އޭގެތެރެއިން ބައެއް ކޮމެޓީގެ މުގައްރިރުވެސްމެއެވެ. ދެފަހަރެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން (ރައްޔިތުންގެ މަޖިލިސްގެ މެންބަރުގެ ހައިސިއްޔަތުން) ފުރިހަމަ ކުރެއްވިއެވެ. ވީމާ، މަޖިލީހުގައި ދެއްކެވި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި މެދުމިންކަމާއި ރިވެތިސުލޫކާއި މާތްއަޚުލާގު އެއީ މުޅި މަޖިލީހުގެ ތާރީޚުގެ ލާމަސީލު ނަމޫނާއެވެ. ބަޔާންކުރެވުނު ކަންކަމާއި އަދި ސިޔާސީ ހަޔާތް ހަމައެކަނި މަޖިލީހުން ފަށްޓަވައި މަޖިލީހުގެ 25 ވަރަކަށް އަހަރުގެ ތަޖުރިބާއާއެކު ދިވެހި ގައުމުގެ އެންމެ މަތީމަގާމަ (ރައީސުލްޖުމްހޫރިއްޔާގެ މަގާމު) ލިބިވަޑައިގެންނެވުމުން، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ "އެންމެއުސްތަނބެއް" ކަމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ހިމެނިވަޑައިގެންފައެވެ. 1990އިގެ އަހަރުތަކުން ފެށިގެން މިވީ 33 އަހަރު ރާއްޖޭގެ ސިޔާސީ އިސްލާހީ ހުރިހާ ހަރަކާތްތަކެއްގައާއި، ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރެވުނު ކަންކަމުގައި އިސްކޮށްއުޅުއްވި ރިފޯމިސްޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިއްތިހާދުގެ ނުވަތަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފެދުނު ވެރިކަމެއް ނުވަތަ ސަރުކާރެއް ހިންގެވުމުގެ ނަމޫނާ ދައްކަވަމުން ވެރިކަން ހިންގަވަމުންގެންދަވާ ހިކުމަތްތެރި ރައީސެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމުން ވެރިކަން ހިންގުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުވެ މަލްޓި-ޕާޓީގެ ވެރިކަމުގެ ނިޒާމުން ވެރިކަންކުރުން ރާއްޖޭގައި ގާއިމުވިތާ މިވީ 15 އަހަރަށް ބަލާއިރު، ވެރިކަން ލިބިވަޑައިގެންނެވި އިއްތިހާދުތައް ވަކިވަކިނުވެ، ވެރިކަން ހޯދުމަށް ގުޅިގެން ކުރެވުނު ކެންޕޭނުގެ މަގުސަދުތައް ހާސިލު ވަނިވި ގޮތްތަކަށް ވެރިކަން ބައްޓަން ކުރައްވައިގެން އިއްތިހާދުގެ ވެރިކަން ކުރައްވަމުންގެންދަވާ ރައީސެވެ. ސިޔާސީ ޕާޓީތަކުގެ އިއްތިހާދުގެ ވެރިކަން ކުރައްވަން އެންމެ ފައްކާ ރައީސްވެސްމެއެވެ. އިއްތިހާދަކުން މެނުވީ، މިރާއްޖޭގައި ހަމަޖެހުމާއެކު ވެރިކަން ކުރެވެން ނުމެނެތްމެއެވެ. ޚުލްގުހެޔޮ މަޑުމައިތިރި ހިކުމަތްތެރި ވެރިއެކެވެ. މުޅިދުނިޔެއާއި ރާއްޖެ، ކޮވިޑުގެ ބަލިމަޑުކަމުގެ ވަބާއާއި އޭގެ ސަބަބުން ބަންދުވެ އެކަހެރިިކަމާއި ތަދުމަޑުކަމާއި އެންމެހައި އުދަގޫތަކާއި އުދާސްތައް ފަރުދީ، ގައުމީ، ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވެފައިވި ޚުތޫރަތްތެރި ހާލަތުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތާއި ހިކުމަތު އަމަލީގެ ކާމިޔާބީއެވެ. ގައުމުތަކުގެ އިގުތިސާދީ ވަސީލަތްތައް ހީނަރުވެ މީސްތަކުން މައީޝަތަށް ދުވަހުން ދުވަހަކަށް ހީނަރުކަން އިތުރުވަމުންދިޔަ ހާލަތުގައެވެ. ދިވެހިގައުމުވެސްވީ ކުރިން ޚިޔާލަށް ނުގެނެވޭފަދަ ހާލަތެއްގައެވެ. ގައުމުގެ އިގުތިސާދުގެ މައިބަދަ ބިނދުނެވެ. މިފަދަ ޚުތޫރަތްތެރި ހާލަތުގަައި، ރައީސް ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތައް (ސިއްހީ، އިގުތިސާދީ، ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް) ބައްޓަން ކުރައްވާފައި ވަނީ ގައުމަށް ލާބަޔާ މަންފާ ކުރަނިވި ގޮތްތަކަށެވެ. ކޮވިޑުގެ އާލަމީ ވަބާއިން މިންޖުވެ ގައުމު އަލުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުދުވެއްޔެއްގައި ކުރިއަރަމުންދިޔުމަކީ ދުނިޔެއަށް މިސާލެކެވެ.

މި 5 އަހަރަކީ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ކަށަވަރުކުރެވުނު 5 އަހަރެވެ. ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށަށް ލިބުމުގެ މަގުތައް ފަހިކުރެވުނު ދައުރެވެ. ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއް އެކުލެވިގެންވާ ކަނޑުގެ ގައުމެކެވެ. 99 އިންސައްތަ ކަނޑުގެ ގައުމަކަށް ވާތީ މާހައުލު ރައްކާތެރިކޮށް ހުރިހާ ރަށަކަށް   ކުރިއެރުން ލިބެންޖެހޭ ޖަޒީރާ ރާއްޖެއެވެ. މިއީ ޖަޒީރާ ރާއްޖޭގެ ހުރިހާ ރަށެެއް ކުދިބޮޑު އާބާދީ ތަފާތުކުރުމެއް ނެތި އަސާސީ ޚިދުމަތްތައް ދެއްވުމާއި ބިނާރު ނުވަތަ އިންފުރާސްޓުރަކުޗަރު ގާއިމުކުރުމާއި ހުރިހާ ރަށެއް ތަރައްގީ ކުރުމުގެ ނަމޫނާ ދައުރެވެ. ޒުވާނުންގެ ތަރައްގީއެވެ. މަތީ ތައުލީމުގެ ހިލޭ ޑިގުރީއެވެ. ކުޅިވަރުގެ ދަނޑުތަކެވެ. ކުޅިވަރުން ރާއްޖެ ހޯދި ވަނަތަކުގެ އުފާވެރިކަމެވެ. ތިމާވެށި ރައްކާތެރިކުރުމުގެ އެންމެ ބޮޑެތި ކާމިޔާބީތަކެވެ.ހިމާޔަތްކުރެވުނު ތަންތަނުގެ ގިނަކަމެވެ. ތިލަފުށީގެ ބޮޑުމަޝްރޫއާއި ވިހަދުމުން އެންމެބޮޑު އާބާދީގެ ސަރަހައްދު ސަލާމަތްވެ ދުޅަހެޔޮ ވެށްޓެއް ލިބިދީ ކުނިމެނޭޖުުކުރުމުގެ ލާމަސީލު ނަމޫނާ ދައުރެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ނަމޫނާ ދައުރެވެ. ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއެވެ. ވަޒީފާގެ ބާޒާރާއި ސިނާއީ ތަރައްގީއެވެ. ވިޔަފާރިކުރިއެރުވުމުގެ މަގުތަކާއި ކަމާބެހޭ ކުންފުނިތަކާއި ބޭންކެވެ. ވަޒީފާގެ އެންމެ ކުޑައުޖޫރައިގެ އަދަދު ކަނޑައެޅުން މިއީ ދިވެހި މަސައްކަތްތެރީންނަށް ހޯދައިދެވުނު ދެެމެހެއްޓެނިވި އެންމެ ބޮޑު ކުރިއެރުމެކެވެ. ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ، އަދި ހުރިހާ ދާއިރާތަކުން ގައުމާއި ރައްޔިތުންނަށް މިދައުރުގައި ލިބުނު ކުރިއެރުންތަކެވެ. ބިރުވެރކަމާއި ނާމާންކަމުން، ހަމަޖެހުމާއި އަމާންކަން ކަށަވަރުވެ، ހުރިހާ ރަށަކަށާއި ހުރިހާ ރައްޔިތުން ޝާމިލުވާ  ތަރައްގީއާއި ކުރިއެރުން ގެނެސްދެއްވުމެވެ. ރައީސާއި ނައިބުރައީސްގެ ޚުލްގު ހެޔޮކަމާއި ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވައި ގައުމަށް ހަމަޖެހުމާއި ކުރިއެރުން ގެންނެވުމުގެ ލާމަސީލު ރިޔާސަތު މިދައުރުގައެވެ. މީގެ 5 އަހަރުކުރިން ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އެކަހެރިިވެފައި އޮތްއޮތުން ނެތިގޮސް، މިއަދު މިވަނީ ބައިނަލްއަގުވާމީ މުޖުތައުގައި ރާއްޖެއަށް ލިބެންވާ ހައްގު މަގާމު ހާސިލުކޮށްފައެވެ. ގައުމުތަކާއި ޖަމާއަތްތަކާއި އޮންނަންޖެހޭ ހަރުދަނާ ގުޅުން އަލުން ގާއިމުކޮށް "ރީސެޓް"ވެފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެންމެ ބޮޑަށް ކުރިއެރުމެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބްލް ޢަބްދުﷲ ޝާހިދު ނޢޢވ ބައިނަލްއަގުވާމީ ޖަމާއަތް އދގެ ރިޔާސަތުގެ ދައުރެއް ފުރިހަމަކުރައްވައި ދިވެހިރާއްޖޭގެ ދުނިޔޭގެ "ކުރިބޯށި" ހާސިލްކުރުމުގެ މަތިވެރި ޝަރަފެވެ. ރާއްޖޭގެސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް ރިޔާސަތުގައި، ޖަޒީރާ ރާއްޖެ، އުފާވެރި އަމާންރާއްޖެ އަށެވެ.

6%
6%
6%
44%
0%
39%