ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 07:05
އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުން
އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުން
ރައީސް އޮފީސް
އައިއޯއައިޖީ
އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ހޯދި ފަޚުރުވެރި ތާރީޚީ ކާމިޔާބީތައް ފާހަގަކުރައްވާ، ރައީސް ޓީމުތަކަށް މަރުޙަބާ ވިދާޅުވެއްޖެ
5 ރަން މެޑެއްޔާއި، 9 ރިހި މެޑެއްޔާއި، 14 ލޯ މެޑަލް ރާއްޖެއިން ހޯދާފައިވޭ

ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ ތެރެއިން، ކުޅުންތެރިންނަށް ފަހިކޮށްދެމުން އަންނަ ފުރުޞަތުތަކާއިއެކު، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ފަޚުރުވެރި ރީތި ނަމާއި ތާރީޚީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން، ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

އައި.އޯ.އައި.ޖީގައި ރާއްޖެއިން ހޯދި ފަޚުރުވެރި، ތާރީޚީ ކާމިޔާބީތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށާއި، ޓީމުތަަކަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީމަށް މަރުޙަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޖަމާވިއެވެ.

2019 ވަނަ އަހަރު ރާއްޖެއިން އައި.އޯ.އައިޖީގައި ބައިވެރި ޓީމުތަކުން ޖުމްލަ 15 މެޑަލް ހޯދި އިރު، މިއަހަރު ރާއްޖޭގެ ޓީމުތަކުން ވަނީ، ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 5 ރަން މެޑެއްޔާއި، 9 ރިހި މެޑެއްޔާއި، 14 ލޯ މެޑަލް ހޯދާފައިވެއެވެ.

މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރު ކުޅުމަށާއި ބައިނަލްއަޤުވާމީ ފެންވަރުގެ ކުޅިވަރުތަކުގައި ވާދަކުރުމަށް ފަހިކޮށްދެމުން އަންނަ ފުރުޞަތުތަކާއިއެކު އައި.އޯ.އައި.ޖީގެ، ލޯފަން މީހުންގެ 100 މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ ދެ އެތުލީޓުން ވަނީ ލޯ މެޑަލް ވެސް ހޯދާފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު ބާއްވާފައި ވަނީ، އޮގަސްޓް 25ން ސެޕްޓެމްބަރ 3ށް، މަޑަގަސްކަރައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފި