ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 16:54
ޕްލޭނިންގ މިނިސްޓްރީން އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީން އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އާރުޑީސީ
ދެ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
މި ދެ މަޝްރޫއުވެސް ނިންމަން އާރުޑީސީއަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެއް
ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 77.4 މިލިއަން ރުފިޔާއަށް
ވާދޫ މަގުތައް ހަދަން ހަވާލުކުރީ 99.4 މިލިއަން ރުފިޔާއަށް

ދެ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާރުޑީސީއާ ހަވާލުކުރީ އއ. ތޮއްޑުއާއި ގދ. ވާދޫ މަގު ހެދުމުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދުއެވެ.

މި މަސައްކަތުގެ ދަށުން ތޮއްޑުއާއި ވާދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތޮއްޑޫގެ 2.5 ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމަށް ނިންމާފައިވާއިރު، ވާދޫގެ 3.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ.

މީގެ އިތުރުން ދެ ރަށުގައިވެސް މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތާއި މަގުބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން އާރުޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 77,426,106.17 (ހަތްދިހަ ހަތްމިލިއަން ހަތަރުލައްކަ ސައްބީސްހާސް އެއްސަކޭތަ ހަ ރުފިޔާ، ސަތާރަ ލާރި) އަށެވެ. އަދި ވާދޫ މަގުތައް ހަދަން ހަވާލުކޮށްފައިވަނީ 99,433,642.98ރ (ނުވަދިހަ ނުވަ މިލިއަން ހަތަރުލައްކަ ތިރީސް ތިންހާސް ހަސަތޭކަ ސާޅީސް ދެ ރުފިޔާ، ނުވަދިހަ އަށް ލާރި) އަށެވެ.

މި ދެ މަޝްރޫއު ވެސް ނިންމަން އާރުޑީސީއަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް