Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 04:02
އަބްދުއް ރަހީމް:- މެމްބަރުން ހައްޔަރު ކުރުމާ ސަރުކާރާ ގުޅުން ނެތް ކަމަށް ވިދާޅުވި
އަބްދުއް ރަހީމް:- މެމްބަރުން ހައްޔަރު ކުރުމާ ސަރުކާރާ ގުޅުން ނެތް ކަމަށް ވިދާޅުވި
މުހައްމަދު ޝަރުހާން
މެންބަރު އަބްދުއްރަހީމް
މީހުން ހައްޔަރު ކުރުމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން: އަބްދުއްރަހީމް
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ނުފޮނުވުމުގައިވެސް ސަރުކާރާ ގުޅުމެއް ނެތް
ޝަރުއީ ދާއިރާއިން ވަކި ކަމެއް ކުރާކަށް ސަރުކާރުން ނާންގާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރަމުންދިއުމާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރު ހިންގައި މައި ޕާޓީ ޕީޕީއެމް ޑެޕިއުޓީ ލީޑަރު އަބްދުއްﷲ އަބްދުއް ރަހީމް ވިދާޅުވެއްޖެ އެވެ.

 

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ހައްޔަރު ކުރުމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ ޖިނާއީ ކުށެއް ކުރީމަ ޝަރުއީ މަރުހަލާގައި ނުވަތަ ތަހްގީގު މަރުހަލާގައި ކޮންމެ މީހަކު ވިއަސް ގެންދެވޭނެ ކަމަށެވެ. ނަމަވެސް އެއީކީ އެ ޕާޓީން ގޮތްކިޔާ ފާޑު ކިޔާނެ ކަންކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

"އަދި ހަމަ އެއާކު އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީކީ ސަރުކާރުން ވަކި މީހެއްގެ ގައިގައި އަތްލާންވެގެން ވަކި މީހަކަށް އަމާޒުކޮށްގެން ކަމެއް ކުރަނީ ކަމަކަށް. މީގަ މިވާ ގޮތަކީ ސިޔާސީ ބޭފުޅަކާމެދު ކަމެއް ކުރީމަ މީޑިއާގެ ސަމާލުކަމަށް އަންނާނީ. އެކަމު ދުވާލަކު ކިތައް ބޭފުޅުން ގެންދާނެތޯ ތަހްގީގަށް،" އޭނާ ވިދާޅުވި އެވެ.

 

އަބްދުއް ރަހީމް މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ހައްޔަރު ކުރުމުން ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލުމަށް ސަރުކާރުން ކުރި ކަމެއްގެ ގޮތުގައިވެސް ބައެއް މީހުންދެކެ އެވެ.

 

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާލާސްކަންފުޅާ އުޅުވާއިރު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ނުދިނުމުގައިވެސް ސަރުކާރާ ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ރާއްޖޭގެ ސިޔާސީ މާހައުލު މި އޮތްގޮތުން އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިނގާ ކޮންމެ ކަމެއް ސަރުކާރުގެ ބޮލުގައި އަޅުވަމުން ގެންދަވަނީ، އެއީކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން ޕާޓީއަކުންވެސް އަދި ސަރުކާރަކުންވެސް ވަކި ބޭފުޅަކާމެދު ވަކި ގޮތަކަށް ކަންކަން ކުރާކަށެއް ޝަރުއީ ނިޒާމަކަށްވެސް އަންގާފައި އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނާންގާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

 

އަބްދުއްރަހީމް ވިދާޅުވީ ބުދަ ދުވަހުގެ ބޭއްވި ކައުންސިލް ބައްދަލުވުމަކީ ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށާއި ރާއްޖޭގެ އެކި ސަރައްދުތަކަށް ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ޖުލައި 2017 | ބުދަ 10:12
މުޙައްމަދު
އަބްދުއްރާޙީމް ކޮބައިތޯ ގޯނި ގޯނީގައި ފައިސާ ހިފައިގެން ބަހަން ދިޔަކަމަށް އަމިއްލައަށް ޢިއުތިރާފުވި ތިބޭފުޅާގެ ޕާރޓީގެ މެމްބަރުގެ މައްސަލަ. މިހެންވާތީ ރައްޔިތުން ބުނާނެ ވަރަށްގިނަ ވާހަކަ ހުންނާނެ.
19 ޖުލައި 2017 | ބުދަ 10:10
މުޙައްމަދު
އަބްދުއްރާޙީމް ކޮބައިތޯ ގޯނި ގޯނީގައި ފައިސާ ހިފައިގެން ބަހަން ދިޔަކަމަށް އަމިއްލައަށް ޢިއުތިރާފުވި ތިބޭފުޅާގެ ޕާރޓީގެ މެމްބަރުގެ މައްސަލަ. މިހެންވާތީ ރައްޔިތުން ބުނާނެ ވަރަށްގިނަ ވާހަކަ ހުންނާނެ.
19 ޖުލައި 2017 | ބުދަ 09:50
ލަދު
ސަރުކާރާ ބެހޭ އެއްވެސް ކަމެއް ހިގާތަ ! މި ސަރުކާރެއް އޮތް ތަނެއްބާ! މިޔައްވުރެ ރަގަޅުވާނެ ވެރިޔަކަށް މީދާގަޑެއް ހުއްތަސް.
19 ޖުލައި 2017 | ބުދަ 08:15
އެޑަމް
ސަރުކާރާއި ރައީސް ޔާމީންއާ ގުޅުން އޮތްކަމެއް ބުނެބަލަ ޢަބްދުއްރަހީމް، މިއީ ހާދަ ރެކެން އުޅޭ ބަޔެކޭދޯ އެކަމް ބުނާނެ ގަޓް ހުންނާނޭ