Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 08:39
ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ސިޔާމްގެ ތައުރީފް ރައީސަށް
"ރައީސެއްގެ ކިބައިގައި ހުންނަން ޖެހޭ ފުރަތަމަ ސިފައަކީ އަޚުލާގު، އެންމެ އަޙުލާގު ރަނގަޅު ވެރިއަކީ ރައީސް"
ރައީސަކީ ރުޅި އިސްނުކުރައްވާ، ހަޑިހުތުރުބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި
ބޭރުގެ އިތުބާރު ހޯދުމުގެ ޤާބިލްކަން އިދިކޮޅު ފަރާތްތަކުގެ ނެތް ކަމަށް ސިޔާމް ވިދާޅުވި

ރައީސެއްގެ ކިބައިގައި ހުންނަން ޖެހޭ ފުރަތަމަ ސިފައަކީ ރަނގަޅު އަހުލާގުކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއަށް ވުރެ އަހުލާގު ރަނގަޅު ވެރިއެއް ރާއްޖެ ދެކެފައި ނުވާ ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާންރާއްޖެ ޖަލްސާގައި ސިޔާމް ވިދާޅުވީ ރައީސަކީ ރުޅި އިސްނުކުރައްވާ، ހަޑިހުތުރުބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސަކީ ކެތްތެރި، މަޑުމައިތިރި ބޭފުޅެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން އިދިކޮޅު މީހުން ރައީސަށް ނުގޮވާ ހުތުރު އެއްޗެއް ނެތް ނަމަވެސް، އެއަށް ކުޑަ ނަމަވެސް ރައްދެއް އެމަނިކުފާނު ދެއްވާފައިނުވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެއީ ރައީސްގެ ކެތްތެރިކަމުގެ މިސާލެއް ކަމަށް ސިޔާމް ވަނީ ސިފަކުރައްވާފައެވެ. މިއަދުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބަވައިގެން ރައީސަށް ބޭނުން އެއްޗެއް ގޮވަމުން ދާއިރު، ސަރުކާރު ހިންގަވަނީ ކެބިނެޓުގައި އެ ބޭފުޅުން ބައިތިއްބައިގެން ކަމަށާއި އެއީ ދުނިޔޭގައި ވެސް ފެންނާނެ ކަމެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް ވަނީ އެއީ އާދަޔާއި ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Advertisement

ސިޔާމް ވިދާޅުވީ އަހުލާގެއް ނެތް މީހަކަށް ލިބޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ.

މީގެއިތުރުން ސިޔާމް ވަނީ ބޮޑުތިލަދުންމައްޗަށް ރައީސް ގެނެސްދެއްވާ ތަރައްޤީ ފާހަގަކުރައްވާފައެވެ. އެ ސަރަހައްދުގައި ތަރައްޤީކުރާ އެއާޕޯޓްތައް ނިމުމުން އެ ސަރަހައްދު ވަރަށް ބޮޑަށް ތަރައްްޤީވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އަށް ބޭރުގެ އިތުބާރު ހޯދައިދިނީ ވެސް މި ސަރުކާރުން ކަމަށް ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ރާއްޖޭގެ ކަންކަމަށް ފައިނޭންސްކުރަން މިއަދު ބޭރުގެ ފަރާތްތައް ޖެހިލުން ނުވާ ކަމަށެވެ. އެފަދަ އިތުބާރެއް ހޯދުމުގެ ޤާބިލްކަން އިދިކޮޅު ފަރާތްތަކުގެ ނެތް ކަމަށް ސިޔާމް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިޞާދު ކުރިއެރުވޭނީ އިގްތިޞާދު ދަންނަ ބޭފުޅަކަށް ކަމަށާއި، އެ ބޭފުޅަކީ ރައީސް ޞާލިހުކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް