Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 01:23
ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
ކުރިއަށް ދާނެ ގޮތުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންދެވިފައި
މަސީހުގެ ވޯޓްގެ ކަންތައް ވަރަށް އަވަހަށް ކާމިޔާބު ކުރާނަން
ދިވެހި ރައްޔިތުންނަށް ދާދި އަވަހަށް އާ ދުވަހެއް ފެންނާނެ

އިދިކޮޅު ފަރާތްތަކުގެ ގޭމް ޕްލޭން އޮތީ ރާވާ ނިމިފައިކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެޖެ އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއެކު މ. ކުނޫޒުގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްގެންދަވަނީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި ލީޑަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަންކަން ކުރިއަށްގެންދަވާއިރު، "ގޭމް ޕްލޭން" އޮތީ ރާވައިނިމިފައިކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. 

 

ރައީސް މައުމޫނު ވިދާޅުވީ، މީހަކު އަދި ބުނާއެއްޗަކުން އިސްލާހީ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށެވެ.

 

"މެންބަރެއްގެ ގޮނޑި ގެއްލިއްޖެއޭ އަދި ބުނާ ބުނުމަކުން މި ކުރާ މަަަސައްކަތެއް ނުހުއްޓުވޭނެ. މެންބަރުކަމެއް ވެސް ނުގެއްލޭ. ގާނޫނުގައި އޮތީ ވަރަށް ސާފުކޮށް ރީތިކޮށް ބުނެފައި. ސްޕްރީމް ކޯޓްގެ އަމުރުގައި ބުނެފައި އެ އޮތީ" ރައީސް މައުމޫނު ވިދާޅުވިއެވެ.

 

މީޑިއާ ނުވައްދާ ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާއިއެކު އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލު ވުމާއި ގުޅޭގޮތުން ރައީސް މައުމޫނު ވިދާޅުވީ، މިހާރު ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ހުރިހާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި އެކަން ކަމާއި ގުޅިގެން ދެން ކަންކުރައްވީ ގޮތާއި ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް މައުމޫނު ވިދާޅުވީ، ހަތަރު ޕާޓީ ގުޅިގެން މިހާރު ވާނީ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާފައިކަމަށެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުން ކޮންމެ ދުވަހަކުވެސް އޮންނާނޭކަމަށާއި، އެ ކޮމިޓީ ކުރިއަށް ދަނީ ލީޑަރުންގެ މަޝްވަރާއާއި އެކުގައިކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ ޚިޔާލު ވަކިވަކިން ހޯދައި ކުރިއަށް ދާނެގޮތް ވަނީ އެކުލަވާލާފައިވާކަމަށެވެ. އަދި ރޭވިފައިވާގޮތަށް ކުރިއަށް ގޮސް، މަސީހުގެ ވޯޓްގެ ކަންތަށް ވަރަށް އަވަހަށް ކާމިޔާބު ކޮށް، ގައުމަށް އިސްލާހު ގެނެސް ދިވެހި ރައްޔިތުންނަށް ދާދި އަވަހަށް އަލިމަގެއް އަދި އާ ދުވަހެއް ގެނެސް ދެއްވާނެކަަމުގެ އުންމީދު ރައީސް މައުމޫނު ވަނީ ދިެވހި ރައްޔިތުންނަށް ދެއްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ޖުލައި 2017 | ބުދަ 08:01
ކަތީބް
ހައްގަށް މަސައްކަތްކުރާ މީހުންނަށް ކާމިޔާބް ލިބޭނެ. އަނިޔާވެރިން ބަލި ކުރައްވާނެ.