Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 22:37
ރައީސް މައުމޫނާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން
ރައީސް މައުމޫނާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން
އަޒުމޫން އަހުމަދު
ރައީސް މައުމޫން
 ރައީސް މައުމޫން މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ
ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރައްވާނެ

ރައީސް މައުމޫން އަބްދުލް ގައްޔޫމް، ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއެކު ބާއްވާ ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބާއްވާ މި ބައްދަލުވުމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި  ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނާއި ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރައްވާ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މައުމޫން، މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ ޕާޓީތަކުގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދާނެ ގޮތްތަކަކާމެދު މަޝްވަރާ ކުރެއްވުމަށެވެ.

އިދިކޮޅު ޕާޓީތަކުގެ ރިޔާސަތުގައި ރައީސް މައުމޫނު އިންނެވި މިއީ ފުރަތަމަ ފަހަރެވެ. އެ މަނިކުފާނުގެ ދަރިކަލުން ހޯމަ ދުވަހު ޖަލަށް ލާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޮންނެވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، ފާރިސް އެފަދަ ކުށެއް ނުކުރައްވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށެވެ. އަދި ފާރިސްގެ މައްޗަށް އެއްވެސް ހެއްކެއް ގަރީނާއެއް ނުހުންނާނެ ކަމަށާއި ޖެހޭނީ ކާނަލް ނާޒިމްއަށް ކުރިމަތިވި ފިސްތޯލަ ގޮތަށް ހެކި އުފެއްދުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް