ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 21:13
ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްޑީޕީއާ ބައްދަލުކުރަނީ
ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްޑީޕީއާ ބައްދަލުކުރަނީ
ރާއްޖެ އެމްވީ
ފާރިސް ހައްޔަރުކުރުން
ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލަން:އެމްޑީޕީ
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޤާނޫނީ ޒިންމާ ރައްޔިތުންގެ މަޖިލިހަށް ލިބިދޭން ޖެހޭނެ
އަަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުންކުރާ ކަންތައްތައް މީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ނުޙައްޤުން، ޤާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާއެއް ޙާސިލްކުރުމަށްޓަކައި ހައްޔަރުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލާގައި އެންމެ އިސްވެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި، އެ ވޯޓަށް ނުފޫޒު ފޯރުވުމަށާއި، މެންބަރުންނަށް ބިރު ދެއްކުމަށް ސީދާ ޢަބްދުﷲ ޔާމީންގެ އެންގުމަށް ހިންގާ ޖަރީމާތައް ބަލައިނުގަނެވޭނެ ކަމަށާއި ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް ބިރުދައްކައިގެން، ޣައިރު ޤާނޫނީ ވެރިކަމެއްކޮށް، ވެރިކަމުގެ ނިޒާމް ގަޑުބަޑުކުރަން ހިންގާ ކަންކަމަކީ ޢަބްދުﷲ ޔާމީން އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރައްވަމުން ގެންދަވާ ކަންތައްތައްކަމަށެވެ.

ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ ޙާލަތު އެތައް ގޮތަކުން ދަށަށް ގޮސްފައިވާކަމަށާއި، ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލި، ޤާނޫނުގެ ވެރިކަން ނައްތާލައި، ދައުލަތުގެ މުވައްސަސާތަކުގެ ބާރު ކަނޑުވާލަމުން ގެންދާތީވެ، ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޖަވާބުދާރީ ކުރުވުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭނެކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޤާނޫނީ ޒިންމާ ރައްޔިތުންގެ މަޖިލިހަށް ލިބިދޭން ޖެހޭ ކަމެއްކަމަށް ދެކޭކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭ މިފަދަ ކަންކަމަކީ ޤާނޫނާ ޚިލާފް ކަންތައްތައްކަމަށާއި ސަރުކާރުން ހިންގާ ކަންކަމަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވާ އެތައް މެންބަރުންތަކެއް އެ ޕާޓީން ވަކިވެ، ސިޔާސީ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެއްވުމާއެކު ޢަބްދުﷲ ޔާމީންގެ ސިޔާސީ ގޮތުން އެތައް ގުނައަކުން ބަލިކަށިވެ، ރައްޔިތުންގެ ކުރިމަތީގައި އިތުބާރާއި ޤަދަރު ގެއްލެމުންދާތީވެ، ގަދަ ބާރުން ވެރިކަމުގައި ހުންނެވުމަށް ކުރައްވާ ކަންތައް ކަމުގައި އެމްޑީޕީން ދެކޭމަށެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ހައިޖެކްކޮށް، ރައްޔިތުންނަށް އަނިޔާވެރިވުމުން ޢަބްދުﷲ ޔާމީންގެ ވެރިކަމަށް ލިބޭނެ މަންފާއެއް ނޯންނާނެކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ދައުލަތް ބަލިކަށިވެ، ދެމެހެއްޓެނިވި ހަމަޖެހުން ދިވެހިންނަށް ހޯދައިދިނުމަށް ހުރަސްއެޅިފައިވާކަމަށެވެ. އަދި ރޭވިގެން ހިންގަމުންދާ ޚުދުމުހުތާރު ޢަމަލުތައް ހުއްޓާލައި، މިފަދަ ޣައިރު ޤާނޫނީ އެއްވެސް ރޭވުމެއްގައި ފުލުހުންނާއި ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ބައިވެރިނުވުމަށް ގޮވާލާކަމަށެވެ.

އެމްޑީޕީން ބުނީ މިހާރުން މިހާރަށް ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލާކަމަށާއި އަދި މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެމްޑީޕީން ދެމި ތިބޭނެ ކަމުގައި ޔަޤީންކަން އަރުވާކަމަށްވެސް ބުނެފައެވެ.

 

- ކޮމެންޓް