Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 08:12
ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން
އުފާވެރި އަމާން ރާއްޖެ
"ރައީސް ޞާލިހަށް ތާއީދުކުރަން ނިންމުމުން އެހެން ކެންޑިޑޭޓުން ގުޅާ، ޑިސިޝަން ނެގީ މާ އަވަހަށް ކަމަށް ބުނި"
ރައީސް އަކީ އޯގާތެރި ބޭފުޅެއް ކަން މަޖިލީހުގެ ތެރެއިން ވެސް ފެނިވަޑައިގަތް ކަމަށް ސިޔާމް ވިދާޅުވި
2013ގައި ބޭނުންވި ކެންޑިޑޭޓް ހޮވި ނަމަވެސް ބޭނުންވި މަންޒިލަށް ނުދެވުނު ކަމަށް ސިޔާމް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ތާއީދުކުރެއްވުމުން އެހެން ކެންޑިޑޭޓުން ގުޅުއްވާ، އެމަނިކުފާނު ރައީސަށް ތާއީދުކުރައްވަން ނިންމެވީ މާ އަވަހަށް ކަމަށް ވިދާޅުވި ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ސިޔާމް ވަނީ 2023ގައި ދެވަނަ ބުރަކަށް ރައީސަކު ހޮވުމަށްޓަކައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާތަނަށް އިންތިޚާބުތަކުގައި އޭނާ ތާއީދުކުރައްވައިގެން ކެމްޕެއިން ކުރެއްވި ބޭފުޅުންނަށް ކާމިޔާބު ލިބިވަޑައިގެންނެވި ކަމަށް ފާހަގަކުރައްވާ، ސިޔާމް ވިދާޅުވީ ރައީސް ޞާލިހު ހޮވާނީ އެއްބުރުން ކަމަށެވެ.

ސިޔާމް ވިދާޅުވީ އޭނާ 2005ގައި މަޖިލީހަށް ހޮވިވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް ޞާލިހުއާ ބައްދަލުވެވަޑައިގެންނެވީ މަޖިލީހުގެ ތެރެއިން ކަމަށް ސިޔާމް ވިދާޅުވިއެވެ. މަޖިލީހުގައި ރައީސް ސާލިޙު ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނު ފެނިވަޑައިގަތީ އަޙުލާޤު ރަނގަޅު ހުލްޤު ހެޔޮ، ކެތްތެރި، މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ރައީސް ސާލިޙަކީ އޯގާތެރި ބޭފުޅެއް ކަން އޭރުވެސް އެނގިވަޑައިގަތް ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement

2008ގައި އޭރުގެ ސަރުކާރުން މައްސަލަތަކެއް ދިމާވި ކަމަށާއި ހައްލު ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ރައީސް ޞާލިހު އަރިހަށް ވަޑައިގެންނެވި ކަމަށް ސިޔާމް ވިދާޅުވިއެވެ. އެ ދުވަހު އެދިވަޑައިގެންނެވި ކަންތައްތައް ވަރަށް ފަސޭހައިން ކޮށްދެއްވި ކަމަށާއި ރައީސް ޞާލިހުގެ އޯގާތެރިކަން އެދުވަހު ވެސް ފެނިވަޑައިގަތް ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން 2013ގައި ބޭނުންވެވަޑައިގެންނެވި ކެންޑިޑޭޓް ހޮވި ނަމަވެސް ބޭނުންވި މަންޒިލަށް ނުދެވުނު ކަމަށް ވިދާޅުވެ، ސިޔާމް ވިދާޅުވީ އޭރު ކުރިމަތިލެއްވީ ބިރުވެރި ހާލަތަކަށް ކަމުގައެވެ. އަދި ސިޔާމް ވިދާޅުވީ އޭނާ ހުންނެވީ އޭރު ބިރުން ސިންގަޕޫރުގައި ފިއްލަވައިގެން ކަމަށެވެ. އަދި ރައީސް ސާލިޙަށް ތާއީދުކުރައްވަން ނިންމެވީ ސިންގަޕޫރުގައި އެމަނިކުފާނާ އޭރު ބައްދަލުވެވަޑައިގެންނެވުމުން ކަމަށެވެ. ނަމަވެސް ކޯލިޝަން އެގްރީމެންޓްގައި 2018ގައި ސޮއިނުކުރެއްވީ އޭރު އޮތް ބިރުވެރިކަމުގެ ސަބަބުން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް