ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 06:33
މާލެ އާއި އަތޮޅުތެރޭގައި 4000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
މާލެ އާއި އަތޮޅުތެރޭގައި 4000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޑެޓް
މާލެ އާއި އަތޮޅުތަކުގައި ހައުސިންގ ޔުނިޓް
މާލެ އާއި އަތޮޅުތެރޭގައި 4000 ހައުސިންގ ޔުނިޓު އަޅަން ހަވާލުކޮށްފި
ލ ގަމާއި ހދ ކުޅުދުއްފުށީގައި 1000 ހައުސިންގ ޔުނިޓް، އައްޑޫ ސިޓީ އާއި މާލެ ސިޓީގައި 750 ހައުސިންގ ޔުނިޓް އަދި ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް އަޅާނެ

މާލެ އާއި އަތޮޅުތަކުގައި 4000 ހައުސިންގ ޔުނިޓު އެޅުމަށް އެމެރިކާގެ ކުންފުންޏެއްކަމުގައިވާ ސްޓްރަކްޗަރސް އަންލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔުމަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ން ބުނީ ސްޓްރަކްޗަރސް އަންލިމިޓެޑާއެކު 4000 ހައުސިންގ ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި 31 އޮގަސްޓްގައި ސޮއިކޮށްފައިވާކަމަށެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުއް-ސަލާމެވެ.

މިއެއްބަސްވުމުގެ ދަށުން އެންމެ ގިނަ ހައުސިންގ ޔުނިޓު އެޅުމަށް ހަމަޖެހިފައިވަނީ ލ. ގަމާއި ހދ. ކުޅުދުއްފުށީގައެވެ. މިއިން ކޮންމެ ރަށެއްގައި 1000 ހައުސިންގ ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީގައި 750 ހައުސިންގ ޔުނިޓު، ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓު އަދި މާލެ ސިޓީގައި 750 ހައުސިންގ ޔުނިޓު އަޅާނެއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 249 މިލިއަން އެމެރިކާ ޑޮލަރެވެ. 4000 ހައުސިންގ ޔުނިޓް ނިންމުމަށް ހަވާލުކޮށްފައިވަނީ 36 މަސް ދުވަސް ނުވަތަ 3 އަހަރު ދުވަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް