ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 06:02
ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސައީދު ވާހަކަފުޅުދައްކަވަނީ
ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސައީދު ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ސާލިހު ގެނެސްދެއްވި ތަރައްޤީ
އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ
ހަމަސްދުވަހުގެ މެޓާނިޓީ ލީވް ގާނޫނީ ގޮތުން ކަށަވަރުކޮށްދިން
ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދީފައިވޭ

ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު، އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ ކަމަށް ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ދިޔާނާ ވިދާޅުވީ މިސަރުކާރުން އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. ނަތީޖާއެއް ގޮތުން މިއަދު އަންހެނެއް ނެތް ކައުންސިލެއް ނެތް ކަމަށާއި، ޖުޑިޝަރީ ދާއިރާގައި ވެސް އަންހެނުން ކުރީ ސަފުގައި މަސައްކަތް ކުރަމުންދާކަން ދިޔާނާ ފާހަގަކުރެއްވިއެވެ.

ދިޔާނާ ވިދާޅުވީ ހަމަސްދުވަހުގެ މެޓާނިޓީ ލީވް ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމާއި، އެސްއެމްއީ ލޯނުތައް އަންހެނުންނަށް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖެއްސުމާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ވެސް މި ސަރުކާރުން މަގުފަހިކޮށްދީފައިވާ ކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް އަންހެނުންގެ ކުރިއެރުމަށް. ރައީސް ކޮށްދެއްވާފައިވާ ޚިދުމަތްތައް. ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލުންތަކުން މިހާރު އޮތީ އަންހެނުންނަށް މަގާމު ރިޒާވްކޮށްފައި. ޚާއްސަކޮށްފައި. މިހާރު ނުހުންނާނެ އަންހެނުން ނެތް ކައުންސިލެއް. ޑަބްލިޔުޑީސީ ވެސް ގާނޫނުގެ ގޮތުން ބާރުވެރިކުރުވާފައި. ޖުޑިޝަރީއަށް ބަލާއިރު ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުން އައްޔަންކުރައްވާފައި ވަނީ. އެހެންވީމަ އެމަގުން އަންހެނުންގެ ނަޒަރިއްޔާތުން އެތެރެކޮށްދެއްވާފައި. ހަމަސްދުވަހުގެ މެޓާނިޓީ ލީވް މިއޮތީ ގާނޫނީ ގޮތުން ކަށަވަރުކޮށްދެއްވާފައި. އެސްއެމްއީ ލޯނުތަކަށް ބައްލަވާލެއްވިޔަސް އެހެން. ސިންގަލް މަދާސް. އެބޭފުޅުންނަށް ޚާއްސަ ޕޮއިންޓުތަކެއް ދެވިގެން ގެދޮރުވެރިކުރެވިއްޖެ. އެ ޕްރޮޖެކްޓްތައް ވެސް ދަނީ ކުރިއަށް.
ފާތިމަތު ދިޔާނާ ސައީދު / ކުރީގެ ބަންޑާރަނާއިބު

ތައުލީމީ ދާއިރާއަށް އިޝާރާތް ކުރައްވައި ދިޔާނާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު، ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑް އޮތް ވެރިއެއް އިޚުތިޔާރުކުރަންޖެހޭ ކަމަށެވެ. ހިލޭ ޑިގްރީ ޕްރޮގްރާމާއެކު މައިންބަފައިންގެ ޖީބަށް ލުއިވެ، ގިނަ އަދަދެއްގެ ދަރިވަރުންނަށް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 1400 ކްލާސްރޫމާއި 80 އަށްވުރެ ގިނަ މަލްޓިޕަރޕަސްހޯލު ގާއިމްކޮށްފައިވާ ކަމަށެވެ. ސްޓޫޑަންޓް ލޯނު ކުޑަކޮށް، ދަރިވަރުންނަށް ބޮޑު ލުއެއް ހޯދައިދީފައިވާކަން ވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ މިސަރުކާރުގައި އެއްވެސް މަޝްރޫއެއް ކުރިއަށްނުދާ ރަށެއް ނެތް ކަމަށާއި، ރައީސް ސާލިޙަކީ ސްލޯ ބޭފުޅެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކީ ނަމަވެސް މަންޒަރު ވަރަށް ސާފު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް