ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 07:08
ހުވަދު އަތޮޅުގައި ރަސްމީކޮށް ޕާސްޕޯޓްގެ ޚިދުމަތްދިނުން ރައީސް އިފްތިތާހުކޮށްދެއްވަނީ
ހުވަދު އަތޮޅުގައި ރަސްމީކޮށް ޕާސްޕޯޓްގެ ޚިދުމަތްދިނުން ރައީސް އިފްތިތާހުކޮށްދެއްވަނީ
ރައީސް އޮފީސް
ޕާސްޕޯޓުގެ ޚިދުމަތް ހުވަދުއަތޮޅުގައި ދޭން ފެށުން
ހުވަދު އަތޮޅުގައި ރަސްމީކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި
ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިޙްތިޔާރު ކުރެވޭނެ
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް އޮންލައިންކޮށް

އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި އިފުތިތާޙުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި އޮފީސް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުފުޅުގައި ގދ ތިނަދޫއަށް ބުދަ ދުވަހު ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތަޛާ މާރިޔާ އަހުމަދު ދީދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސައިން އާއި ދިވެހިރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެ މެންބަރުންނާއި އަދި ތިނަދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ގދ. ތިނަދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކުރެވުނު ފަރާތަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލައެއް އަރުއްވާފައެވެ.

ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުން، މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ އިމިގްރޭޝަންގެ އިސްތިރާޖީ ޕްލޭންގައި އެކުލެވިފައިވާ މުހިންމު އެއްކަމެވެ. މިހާތަނަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހއ، ހދ، ޏ އަދި އައްޑޫސިޓީގައި ލިބެމުން ދާއިރު، ހުވަދޫ އަތޮޅުގައި މި ޚިދުމަތް ފެށުން ވެގެން ދާނީ އެ އަތޮޅުގެ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް އޮންލައިން ކޮށެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިޙްތިޔާރު ކުރެވޭނެއެވެ. ގދ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް