Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 17:08
ޤާސިމް އިބްރާހިމް -  ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން
ޤާސިމް އިބްރާހިމް - ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން
މުހައްމަދު ޝަރުހާން
ޤާސިމްގެ ބަލިހާލު
ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން
ވަރަށް ގިނައިން މެޔަށް ތަދުވެ ލޭގެ ޕްރެޝަރު ދަށްވި
އެއް ބައްޔަށް ވުރެ ގިނަ ބަލި ހުރުމުގެ ސަބަބުން ޤާސިމް ވީއެންމެ އަވަހަކަށް ހިތުގެ ސްކޭނެއް ހެދުން މުހިންމު
ހިތަށް ލޭ ފޯރުކޮށްދޭ ނާރުތައް ބެދިފައި ހުރީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހިތުގެ ސްކޭނެއް ހެދުން މުހިންމުކަމަށް ޤާސިމްގެ ޑޮކްޓަރު ވިދާޅުވެއްޖެއެވެ.

އޭޑީކޭގައި ގާސިމަށް ފަރުވާ ދެއްވާ ހިތުގެ ބަލިތަކާ ބެހޭ ހާއްސަ ޑރ.ޕްރަތީކު ސިންގު މިއަދު ދެއްވާފައިވާ ލިއުމެއްގައި ވިދާޅުވެފައިވާ ޤާސިމް އައިސީޔޫގައި އެޑްމިޓްކުރެވިފައިވަނީ އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ނަމަކަށް ކިޔާ ބައްޔާކާއި ކްރޯނިކް އޮބްސްޓްރަކްޓިވް ލަންގް ޑިޒީޒް ބަލި ޖެހިގެންކަމަށެވެ.

ޤާސިމް 17 ވަނަ ދުވަހުގެރޭގައި ވަރަށް ގިނައިން މެޔަށް ތަދުވެ ލޭގެ ޕްރެޝަރު ދަށްވި ކަމަށާއި އެއް ބައްޔަށް ވުރެ ގިނަ ބަލި ހުރުމުގެ ސަބަބުން ޤާސިމް ވީއެންމެ އަވަހަކަށް ހިތުގެ ސްކޭނެއް ހެދުން މުހިންމުކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.  

އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ބަލީގެ ސަބަބުން ފްލުއިޑްތައް ފުއްޕާމޭގެ ތެރެއަށް ވަދެގެން، އޮކްސިޖަން ހަށިގަނޑު ތެރެއަށް ދައުރުވުން ބަންދުކޮށްދެއެވެ. އަދި މި ބައްޔަކީ މީހާގެ ފުރާނައަށް ގެއްލުންވާ ފަދަ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ކްރޯނިކް އޮބްސްޓްރަކްޓިވް ލަންގް ޑިޒީޒްގެ ސަބަބުން ނޭވާކުރުވެ ކެއްސާއިރު ދަވަ ކަހަލަ އެއްޗެހި އަގައިން އައުން ހިމެނެއެވެ.

ޑޮކްޓަރ އިތުރަށް ސިޓީގައި ބުނެފައިވަނީ ޤާސިމް ހިތުގެ ސްކޭން ހެދުން މުހިންމުކަމަށެވެ. ސަބަބަކީ ހިތަށް ލޭ ފޯރުކޮށްދޭ ނާރުތައް ބެދިފައި ހުރުމުން ކަމަށެވެ.

މި ސްކޭނަކީ ރާއްޖޭގެ އެއްވެސް ތަނަކުން ހެދެން ނެތް ސްކޭނެކެވެ. ޤާސިމްގެ އާއިލާއިން ވަނީ  ރާއްޖެއިން ބޭރަށް ޤާސިމް ގެންދިއުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވާތީ، ޤާސިމްއަށް ވަނީ ފުރޭ ގޮތްވަނީ ނުވެފައެވެ.

ޤާސިމް އިބްރާހިމްގެ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް، އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދެއްވުމަށް ޤާސިމް އިބްރާހިމްގެ އާއިލާއިން ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް