ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 09:33
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
މަޖިލިސް
މަޖިލީހުގެ ޖަލްސާ
މަޖިލިސް ފެށުނު އިރު 10 މެންބަރުން، ކޯރަމް ހަމައެއް ނުވި
އަންގާރަ ދުވަހުގެ ހެނދުނުގެ ޖަލްސާ ފެށި އިރު ހާޒިރުވެ ތިއްބެވީ 10 މެންބަރުން
ދެން ޖަލްސާ ފަށާނީ 09:30 ގައި
ހޯމަ ދުވަހު ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދޭ

ކޯރަމް ހަމަނުވާތީ އަންގާރަ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެނދެވިގެން މެދުކަނޑާލައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ޖަލްސާ ފެށި އިރު ހާޒިރުވެ ތިއްބެވީ 10 މެންބަރުންނެވެ. އެހެންކަމުން ރިޔާސަތުން ނިންމެވީ ބްރޭކަކަށް ފަހު މަޖިލީހުގެ ޖަލްސާ ފެށުމަށެވެ. އެއީ ކޯރަމް ހަމަވޭތޯ ބެލުމަށެވެ.

ދެން ޖަލްސާ ފެށީ 09:30ގައެވެ. ޖަލްސާ ފެއްޓެވުމަށް ފަހު އަފީފް ވިދާޅުވީ، އަންގާރަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި އޭރު މަޖިލީހަށް ވަޑައިގެން ތިއްބެވީ 9 މެންބަރުންނެވެ.

ހޯމަ ދުވަހު ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެއެވެ. އަންގާރަ ދުވަހު ތަޅުމުގައި ތިއްބެވީ 12 މެންބަރުންނެވެ. އޭގެ ތެރެއިން 11 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާކުރިއެވެ. އޭގެ ފަހުން މިހާތަނަށް ވެސް އެޖެންޑާގައި އޮތީ އެ މައްސަލަ އެކަންޏެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް