Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 15:37
ގުޅިފައިވާ އިދިކޮޅު މެނބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ގުޅިފައިވާ އިދިކޮޅު މެނބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
މުހައްމަދު ޝަރުހާން
ފާރިސް ހައްޔަރުކުރުން
ސަރުކާރުން އިދިކޮޅު މެންބަރުންނަށް ބިރުދެއްކުމަކީ ކަންބޮޑުވާކަމެއް: އީޔޫ
ޑިމޮކްރަސީއަށް ހުރަސްއެޅޭ
ޒިންމާދާރު އިދިކޮޅު ފާރާތެއް އޮތުމަކީ، ފުރިހަމަ ޑިމޮކްރެސީއެއްގައި ވަރަށް މުހިއްމު ކަމެއް

ދިވެހި ސަރުކާރުން މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ބިރުދައްކަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށް ޔޫރަޕިއަން ޔޫނިއަން، އީޔޫ މޯލްޑިވްސްއިން ބުނެފިއެވެ.

 

އީޔޫ މޯލްޑިވްސްގެ ރަސްމީ ޓްވިޓާއިން އަންގާރަ ދުވަހު ކޮށްފައިވާ ޓްވީޓެެއްގައި ބުނެފައިވަނީ، ސަރުކާރުން މިހާރު އިދިކޮޅު މެންބަރުން ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމާއި،ހައްޔަރުކޮށް ބިރުދައްކާ ހަދަމުންދާ ދިއުމަކީ އީޔޫއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

އިޔޫ މޯލްޑިވސް އިން ބުނީ، ޒިންމާދާރު އިދިކޮޅު ފާރާތެއް އޮތުމަކީ، ފުރިހަމަ ޑިމޮކްރެސީއެއްގައި ވަރަށް މުހިއްމު ބައެއްކަމަށެވެ.

 

އީޔޫއިން މި ޓްވީޓްކޮށްފައި މިވަނީ، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ންތްކަމުގެ މައްސަލައެއް 45 މެންބަރުންގެ ސޮޔާއެެކު ވައްދާ އެމައްސަލަ މިމަހުގެ 24 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވަނިކޮށް، ސަރުކާރާއި އިދިކޮޅު މެންބަރުން ފުލުހުހަށް ހާޒިރުކޮށް ސުވާލުކޮށް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުވެސް އަންގާރަދުވަހު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް