Advertisement
ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 16:51
ރާއްޖޭގެ އިންތިޚާބުގެ ތެރެއަށް އެމެރިކާ ސަރުކާރުން ނުވަންނާނެ ކަމަށް، އެގައުމުގެ ސެނެޓަރެއް ކަމަށްވާ ކްރިސް ވެން ހޮލެން ވަނީ ވިދާޅުވެފައި
ރާއްޖޭގެ އިންތިޚާބުގެ ތެރެއަށް އެމެރިކާ ސަރުކާރުން ނުވަންނާނެ ކަމަށް، އެގައުމުގެ ސެނެޓަރެއް ކަމަށްވާ ކްރިސް ވެން ހޮލެން ވަނީ ވިދާޅުވެފައި
އެމެރިކާ އެމްބަސީ
ރާއްޖެއާއި އެމެރިކާގެ ގުޅުން
"ރާއްޖޭގެ އިންތިޚާބުގެ ތެރެއަކަށް އެމެރިކާ ސަރުކާރަކުން ނުވަންނާނެ"
ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ވައުދަކީ ރާއްޖެއާއި އެމެރިކާއިން ހިއްސާކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވި
އޭނާ ވަނީ ރާއްޖޭގެ ރައްޔިތުން ވޯޓު ދީގެން ހޮވާ ކޮންމެ ވެރިޔަކާއެކު މަސައްކަތްކުރަން އެމެރިކާ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައި
ސެނެޓަރ ވެން ހޮލެން މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު، ހޮޓެލް ޖެންގައި ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން

ރާއްޖޭގެ އިންތިޚާބުގެ ތެރެއަށް އެމެރިކާ ސަރުކާރުން ނުވަންނާނެ ކަމަށް، އެގައުމުގެ ސެނެޓަރެއް ކަމަށްވާ ކްރިސް ވެން ހޮލެން ވިދާޅުވެއްޖެއެވެ.

ސެނެޓަރ ވެން ހޮލެން މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ހޮޓެލް ޖެންގައި ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ސެނެޓަރު ވަނީ، ރާއްޖޭގެ ރައްޔިތުން ވޯޓު ދީގެން ހޮވާ ކޮންމެ ވެރިޔަކާއެކު މަސައްކަތްކުރަން އެމެރިކާގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. އަދި ޑިމޮކްރޮކްޓިކް އުސޫލުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނަން އެ ނިންމުން ނިންމުމުގެ ފުރުސަތު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އިންތިޚާބުތަކާ ގުޅިގެން އެމެރިކާ ސަރުކާރުން އަބަދުވެސް ގެންގުޅެނީ އެއް ސިޔާސަތެއް ކަމަށާއި، އެއީ ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ކުރިއަށް ގެންދިއުންކަން ފާހަގަކުރައްވައި ސެނެޓަރ ވެން ހޮލެން ވަނީ، މިއީ ރާއްޖޭގައި ވިއަސް އަދި އެހެން ގައުމެއްގައި ވިއަސް، އިންތިޚާބުތައް ކުރިއަށް ގެންދިއުމަށް އެމެރިކާއިން އެދޭ ގޮތްކަމަށް ވިދާޅުވެފައެވެ.

މިއީ މިކަމުގައި އެމެރިކާ ސަރުކާރުގެ ބަދަލެއްނުވާ ސްޓޭންޑް ކަމަށާއި، މި ވިސްނުން ބަދަލުނުކޮށް، އެގޮތުގައި ދެމިއޮތުމަށް އެގައުމުން ވަރަށް ބުރަކޮށް މަސައްކަތް ކުރާކަމަށްވެސް ސެނެޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމެރިކާއިންވެސް އެގައުމުގެ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް މަޑުމަޑުން ތައްޔާރުވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ވައުދަކީ ރާއްޖެއާއި އެމެރިކާއިން ހިއްސާކުރާ ކަމެއްކަންވެސް ސެނެޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް