ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 16:05
ޝަހީދު ހުސައިން އާދަމްގެ ބައްޕާފުޅު ނިޔާވެއްޖެ
ޝަހީދު ހުސައިން އާދަމްގެ ބައްޕާފުޅު ނިޔާވެއްޖެ
ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވުން
ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެ
އާދަމް މުހައްމަދު ނިޔާވި އިރު ދުނިޔޭގައި ހަ ކުދިން އެބަތި

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއާގުޅިގެން ސިފައިންގެ މައިމަރުކަޒު ދިފާއު ކުރެއްވުމުގައި އުޅުއްވަނިކޮން ޝަހީދުވި، ޝަހީދު ހުސައިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވެއްޖެއެވެ.

ޝަހީދު ހުސައިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު ނިޔާވެފައި ވަނީ ބަލިވެ އުޅުއްވާތާ ދުވަސްކޮޅަކަށް ފަހުގައެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އާދަމް މުހައްމަދު ނިޔާވި އިރު ދުނިޔޭގައި ހަ ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެކެވެ.

Advertisement

ޝަހީދު ހުސެއިން އާދަމް މިދުނިޔެ ދޫކުރެއްވީ، 1988 ވަނަ އަހަރު ތަމަޅައިގެން ކުލީ ސިފައިންނާއި އެކު ދިވެހިންގެ ބަޔަކު މާލެ އަރާ ދިން އުދުވާނީ ހަމަލާއިން ބަނޑޭރިގެ ދިފާއު ކުރުމަށް ދުޝްމަނުންނަށް ހަމަލާ ދެމުން ދަނިކޮށް ވަޒަން ހުސްވެ ދުޝްމަނުންގެ ވަޒަން އަރައިގެންނެވެ. އޭނާވަނީ ފަހުވަގުތާ ޖެހެންދެންވެސް ވަރަށް ހިއްވަރާއެކު ވާޖިބު އަދާކުރެއްވުމުގައި ދެމި ހުންނަވާފައެވެ. މިކަމުގެ އަގު ވަޒަންކޮށް އެކި ސަރުކާރުތަކުން ވަނީ އޭނާގެ އާއިލާއަށް ވެސް ތަފާތު، ޚާއްސަ އިނާޔަތް ތައް ދީފައެވެ. އަދި ފުލުހުންގެ މައިމަރުކަޒަށް ނަންވެސް ދީފައިވަނީ އޭނާގެ ނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް