Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 13:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އަޒުމޫން އަހުމަދު
ރައީސް ނަޝީދު
ރައީސް ޔާމީނަށް ވެރިކަން ބީވެއްޖެކަން ދާދި އަވަހަށް އެނގިވަޑައިގަންނަވާނެ: ރައީސް ނަޝީދު
މާލޭގައި ހުންނެވިނަމަ މިއަދު ހުންނަވާނީ ފާރިސް އަރިހުގައި
ސަރުކާރުން ފާރިސްގެ މައްޗަށް ތުހުމަތުކުރަނީ އެއްވެސް އަސްލެއް ނެތް ކަންތައްތަކެއް
ވެރިކަން ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ރުހުމާއި ލޯބި ލިބިގެން

ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ބީވެއްޖެކަން ދާދި އަވަހަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ދިއްގާރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރު ކޮށްގެން ގެންދެވުމަކީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުވަތަ ރައީސް ޔާމީންގެ ވެރިކަން ސަލާމަތް ވުމަށް ދެކެވުމަކީ ކުށްހީއެއް ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަން މިހާރު މިދަނީ ނިމެން ކަމަށާއި އެކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ރުހުމާއި ލޯބި ލިބިގެން ކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އިއްތިހާދަކުން ކަމަށާއި އެހެން ނަމަވެސް އެ އިއްތިހާދު މިހާރު ރޫޅުމުން ވެރިކަމުގެ ސައްހަކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ފާރިސް މައުމޫންގެ ގެ ބަލައި ފާސްކުރަނީ ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ކަމަށް ވީނަމަވެސް ކަނޑައެޅިގެން ހުރިހާ ފަރާތްތަކަށް އެއީ  ފާރިސް ހައްޔަރު ކުރެއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އެއީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މާލޭގައި ހުންނެވި ނަމަ މިއަދު ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު އަރިހުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް