Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 09:56
މައުމޫން އަބްދުލް ގައްޔޫމް
މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ކޮންމެ ހުދުމުޚުތާރު ވެރިކަމެއް ނިމިގެންދަނީ ހިތިކޮށް،އެއީ ތާރީޚުން ދަސްވި ފިލާވަޅު: ރައީސް މައުމޫން
އަބަދުވެސް ކާމިޔާބު ލިބޭނީ ރައްޔިތުންނަށް
ކޯޓު އަމުރުގައި ވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން އިރު އޮއްސި 6:00އަށް

ހުދުމުޚުތާރު ކޮންމެ ވެރިކަމެއް ނިމިގެންދާނީ ހިތިކޮށް ކަމަށާއި އެއީ ތާރީޚު ދަސްކޮށްދީފައިވާ ފިލާވަޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް މައުމޫން މިގޮތަށް ޓްވީޓް ކުރެއްވީ އެ މަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓާއި އޭނާގެ ތަކެތި ބަލައި ފާސްކުރުމަށް ފުލުހުން ހަރަކާތްތެރިވާން ފެށުމާ ގުޅިގެންނެވެ. 

މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ފާރިސް އަށް ﷲ ކެތްތެރިކަން ދެއްވާނެ ކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސް ޓެގްކުރައްވައި ރައީސް މައުމޫން ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ފިލުހުން ފާރިސްގެ ގޭގައި ހަރަކާތްތެރިވާ ކަމަށާއި ފާރިސްއަށް ކެތްތެރިކަން ދެއްވާނެކަމަށެވެ. އަދި އަބަދުވެސް ކާމިޔާބު ލިބޭނީ ރައްޔިތުންނަށް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ

.

ފާރިސް ދިރިއުޅުއްވާ މ ސްނޯރޯސްގޭ ހަ ވަނަ ފަންގިފިލާގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެފައިވަނީ ރޭ ކްރިމިނަލް ކޯޓުން ދީފައިވާ އަމުރެއްގެ ދަށުން މިއަދު 9:00 ހާއިރު އެވެ.  ކޯޓު  އަމުރުގައި ވާގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން އިރު އޮއްސި 6:00 އަށް ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލާފާސްކުރުމަށް ކޯޓުންވަނީ އަމުރު ދީފައެވެ.

ފާރިސްގެ އެޕާޓްމެންޓް ޗެކްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް އޭނާ ރިޝްވަތު ހުށަހެޅި ކަމުގެ ތުހްމަތުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ޖުލައި 2017 | އަންގާރަ 14:25
ރ މިހާ
ރަނގަޅު ވާހަކަ އެއް.....
18 ޖުލައި 2017 | އަންގާރަ 10:43
މުހައްމަދު
ތިބޭފުޅާގެ ނިމުން މާ ހިތިވާނެ