Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 08:59
ހއ. އިހަވަންދޫ އައިސް ޕްލާންޓް ސަރަހއްދު
ހއ. އިހަވަންދޫ އައިސް ޕްލާންޓް ސަރަހއްދު
ފޭސްބުކް
އިއްސެގެ މަރު
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބިދޭންސީގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސްޖަހައިދީފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން
އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އިއްސެއާ އެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝުމޮން މިއާ

މިދިޔަ މަހުގެ 16 ވަނަ ދުވަހު ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްލާއީލް އުމަރު، (54އ) ގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ހަ ބިދޭސީންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްސެގެ މަރާ ގުޅިގެން ހައްޔަރުކުރި 6 ބިދޭންސީގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސްޖަހައިދީފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

 

އިއްސެ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އިއްސެއާ އެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝުމޮން މިއާ (27އ) އެވެ. އޭނާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފު ވެފަ އެވެ. އަދި އިސްމާއީލް އުމަރަށް ހަމަލާ ދިނުމަށް ޝުމަން މިއާ ބޭނުންކުރި ވަޅި އާއި އިސްމާއީލް އުމަރަށް ހަމަލާދިން އިރު، ޝުމަން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން މިހާރު ވަނީ ހޯދާފައެވެ.

 

ފުލުހުން ބުނެފައި ވަނީ އިއްސެ މަރާލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 16:23 ހާއިރު ކަމަށާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އައިސް ޕްލާންޓަށް ދިޔައިރު އެތަނުގެ ދޮރުގައި ލޭގެ އަސަރު ހުރި ކަމަށެވެ. ފުލުހުން އައިސް ޕްލާންޓާއި އައިސް ޕްލާންޓްގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކް އިތުރަށް ބަލައި ފާސްކުރިއިރު، ޒަހަމްތަކާއެކު އިސްމާއީލްގެ ހަށިގަނޑު އޮތީ، އައިސް ޕްލާންޓްގެ އައިސް ޕްރޯސެސިންޓް ޔުނިޓެގް ތެރޭގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް