Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 01:14
ޑރ. މަޖީދު އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޑރ. މަޖީދު އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޑރ. މަޖީދު
ޤާނޫން އަސާސީގެ ދިފާއުގައި ނުކުންނަންވީ ވަގުތު ޖެހިއްޖެ: ޑރ. މަޖީދު
އެ ޓްވީޓްގައި ޑރ މަޖީދުވަނީ ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ) ގެ ފޮޓޯއެއް ވެސް އެޓޭޗް ކުރައްވާފައި

ޤާނޫނު އަސާސީގެ ދިފާއިގައި އެންމެހާ ދިވެހިން ނިކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅު ވެއްޖެއެވެ.

ޑރ. މަޖީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ނޭޝަން ފަސްޓް އަދި އަޕްހޯލްޑިންގ ކޮންސްޓިޓިއުޝަން ހޭޝް ޓެގާ އެކު ކުރައްވާފައިވާ ޓްވީޓްގައި ޑރ. ބާރީ ވިދާޅުވެފައި ވަނީ "ޤާނޫނު އަސާސީގެ ދިފާއުގައި އެންމެހާ ދިވެހިން ނުކުންނަންވީ ވަގުތު އަތުވެއްޖެ،" ކަމަށެވެ.

އެ ޓްވީޓްގައި ޑރ. މަޖީދުވަނީ ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ) ގެ ފޮޓޯއެއް ވެސް އެޓޭޗް ކުރައްވާފައެވެ.



ޑރ. މަޖީދު މިހެން ވިދާޅުވި މި ދަނޑިވަޅަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު އިތުބާރު ނެތްކަމުގެ މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް