Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 15:11
ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައި ޕީޕީއެމްގެ ދިދަ ބަހައްޓާފައި
ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައި ޕީޕީއެމްގެ ދިދަ ބަހައްޓާފައި
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ކުއްލި ކުއްލިއަށް އަޑުއެހުންތައް ބާއްވައި، ސިއްރު ހެކި ހުރިކަމަށް ބުނުމަކީ ކަންބޮޑުވާކަމެއް: ފާރިސް
ސިއްރު ހެކި ހުރިކަމަށްބުނެ، ދައުލަތުން ވަނީ ބައެއް ލިޔެކިޔުންތައް ދިނުމަށް ދެކޮޅު ހަދާފަ
ޕީޕީއެމް ދިދަ އާއި ލޯގޯ، ބޭނުންކުރަމުންދަނީ ޕީޕީއެމްގެ ރައީސް މައުމޫން ނިސްބަތްވާ ޖަލްސާތަކާއި އިވެންޓްތަކުގައި
މިމަހުގެ 23 ވަނަ ދުވަހު އިބްތިދާއީ އަޑުއެހުމެއް ބޭއްވޭނެ، ކުއްލިއަކަށް އަވަސް ނުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ފާރިސް ވިދާޅުވި

ކުއްލި ކުއްލިއަކަށް ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމާއި ސިއްރު ހެކި ހުރިކަމަށް ބުނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޝަޙްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމަށްފަހު، ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ،  ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިމަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމުން އެ ދައުވާގެ ލިޔެކިޔުންތައް ހަވާލުކޮށް، މައްސަލަ ބައްލަވާނީ ގާޒީ އާދަމް އާރިފްކަމަށް ވިދާޅުވި ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް އޭރު ވިދާޅުވި ކަމަށެވެ. ނަމަވެސް 17 ވަނަ ދުވަހަށް މައްސަލަ ތާވަލްކޮށް ފާރިސްއަށް ފަހުން ޗިޓް ފޮނުވިއިރު، އެމައްސަލަ ބައްލަވާ ގާޒީއަކީ އަހުމަދު ޝަކީލުކަން އެނގިފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހަށް ފާރިސްގެ މައްސަލައަށް ޗިޓް ފޮނުވާފައިވަނިކޮށް، ކުއްލިއަކަށް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ފާރިސްއަށް ޗިޓެއް ފޮނުވައި، ޖެހިގައިއައި 13 ވަނަ ދުވަހުގެ 11:30 އަށް ކޯޓަށް ހާޒިިރު ވުމަށް އެންގި ކަމަށެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވަން އިންނެވީ ގާޒީ އިބްރާހީމް އަލީއެވެ. ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްސަލަ ބެއްލެވުމަށް މިހާތަނަށް ތިން ގާޒީއަކާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހު ޝަރީއަތުގެ އަޑުއެހުމުގައި މިމަހުގެ 17 ވަނަ ދުވަހަށް އެއަޑުއެހުން ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވުމުން، ގާޒީ ބައްލަވާ މައްސަލަތަކުގެ ތާވަލް ހުރިގޮތުން 17 ވަނަ ދުވަހަށް ފާރިސްގެ އަޑުއެހުމެއް ތާވަލް ކުރެވެންނެތް ކަމަށް ގާޒީ ވިދާޅުވި ކަމަށާއި އެހެންކަމުން މިމަހުގެ 20 ވަނަ ދުވަހަށް މި މައްސަލަ ތާވަލް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. 

ފާރިސް ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހަށް މައްސަލަ ތާވަލް ކުރުމަށްފަހު، އަނެއްކާވެސް ކުއްލިއަކަށް 17 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމަވާ، ކުއްލި ކުއްލިއަކަށް މިމައްސަލައިގެ އަޑުއެހުންތައް ބާއްވަމުންދާތީ އިންސާފު ލިބުމާމެދު ޝައްކު އުފެދޭ ކަމަށެވެ.

މީގެއިތުރުން، ފާރިސް ވިދާޅުވީ ދައުލަތުގެ ވަކީލުން ހާމަ ކުރަން ބޭނުންވާ ސިއްރު ހެކި ހުރިކަމަށް ވިދާޅުވުމުން އެކަމާވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ގޮތަކަށް ސިއްރު ހެއްކާއި ސިއްރު ހެކީންގެ ހެކިބަސް ނަގާފައިވާ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތް ދިވެހި ރައްޔިތުންނަށް އޮޅިފައިނުވާކަމަށް ފާރިސް ވިދާޅުވިއެވެ.

ދައުލަތުން ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޙްސު އޮޅުވާލުމުގެ ކުށުގެ ދައުވާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވައި، ޓީވީތަކުން ލައިވް ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ފަރާތުން ފާރިސް ބައިވެރިވެވަޑައިގެން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރައްވާފައިވާތީ އުފުލާފައިވާ ދައުވާއެއްކަމަށް އެނގިފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައާއި އަދި އޭގެ ފަހުންވެސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެކިއެކި ޖަލްސާތަކުގައާއި އިވެންޓްތަކުގައި ބޭނުންކުރަމުންދަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގެންނެވި ފަހުންނެވެ.

އެހެންކަމުން ޕީޕިއެމްގެ ރައީސް މައުމޫން ނިސްބަތްވާގޮތަށް ބާއްވާ ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޕީޕީއެމް ދިދަ އާއި ލޯގޯ ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ސިޔާސީ ލީޑަރުން ދަނީ ބުނަމުންނެވެ. އަދި އެހާ ފާޅުކަން ބޮޑު މައްސަލައެއްގެ ތުހުމަތުގައި ފާރިސްގެ މައްޗަށް އުފުލި ދައުވާގައި ސިއްރު ހެކި ހުންނަން ޖެހޭ ސަބަބެއްވެސް ނެތްކަމަށް ސިޔާސީ ލީޑަރުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
17 ޖުލައި 2017 | ހޯމަ 17:08
އަމީން
ރާއްޖޭގަ އިދިކޮޅުމީހުނާއިދެކޮޅައް އަބަދުވެސް ބޭނުން މިކުރަނީ ސިއްރު ހެކި... އަނެއްކާ މީ ހަގީގަތެއް ބާ..... ހެކިދެނީވެސް ދައުވާކުރާފަރާތުންހެން ވަރައް ހީވޭ.... ކޮނމެ މައްސަލަޔަކައްވެސް މިހުށަހަޅަނީ ސިއްރުހެކި... ގައުމީ ސަލާމަތައް ބުރޫ އަރާފާނެތީ.... ޔަގީން ހުސް ދޮގު.
17 ޖުލައި 2017 | ހޯމަ 16:19
ސައްޕޭ
ސިއްރުހެއްކަކީ އެނުބާކަމުން މަޝްހޫރުވި ސަދޫމުގެ މީހުން ވެސް ނުކުރާފަދަ ކަމެއް ، މިކަމުން ދޭހަވަނީ މިޤައިމުގެ ހާލަތު މިއޮތީ ސަދޫމަށްވުރެންވެސް ނުބާވެފައިކަން، ތިބުނާސިއްރުހެކިދެނީ އެމީހުންގެ އަތަށް ލިޔެފައިދޭއެއްޗަކުންކަން ވަރަށްރަގަޅަށް އެގޭ، ސިއްރުހެކިދޭން ޕޮލިހުންގެ ތެރޭޓީމެއް އޮންނަކަމަށް ތުންތުންމަތިން ޚަބަރުލިބޭ! ތިޔަސިއްރުހެކިން ﷲ ގެ ވާގިފުޅާއެކު އަދި ފަޅާއަރާނެ!،،، ދޯ