ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 14:58
ޑަބްލިއުބީޖީޓީ ނިސްބަތް ވަނީ، ވެލްޓްބަލްބް ގްލޯބް ޓެމްޕަރޭޗަރ އަށް، މިއީ ސީދާ އިރުގެ އަލިން ހޫނުގެ ނުތަނަވަސްކަން ވަޒަން ކުރާ މިންގަނޑަކަށް ކިއާ ނަމެއް
ޑަބްލިއުބީޖީޓީ ނިސްބަތް ވަނީ، ވެލްޓްބަލްބް ގްލޯބް ޓެމްޕަރޭޗަރ އަށް، މިއީ ސީދާ އިރުގެ އަލިން ހޫނުގެ ނުތަނަވަސްކަން ވަޒަން ކުރާ މިންގަނޑަކަށް ކިއާ ނަމެއް
ރޮއިޓާސް
ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗަރ
ޑަބްލިއުބީޖީޓީ ގެ ވާހަކަ އަޑު އެހިންތަ؟
މި މިންގަނޑު ދެނެގަންނަނީ ފިނިހޫނުމިން ބަލަން ގެންގުޅޭ ތެމޯމީޓަރުގެ ފުލުގައި ތެތް އެއްޗެއް އޮޅައިގެން
ވެޓްބަލްބް ޓެމްޕަރޭޗަރއަކީ، އެއް ހަމައެއްގައި ހިފަހައްޓާ ޕްރެޝަރެއްގައި އާތްވަށް ވެގެން ވައިގެ ތެރެއަށް އަރައިގެން ދާ ފެނުގެ އެހީގައި ވައި ފިނި ކުރެވޭނެ އެންމެ ދަށް ފިނިހޫނުމިން

ޑަބްލިއުބީޖީޓއަކީ ކޮން އެއްޗެއްތޯ ސުވާލު ކޮށްލައިފިނަމަ، މާ އެދެވޭ ކަހަލަ ޖަވާބުތަކެއް ނުލިބުން ގާތެވެ. މިނިވަންކަމުގެ ނަމުގައި ހިތު ހުރިހާ ގޮތަކަށް އުޅެމުންދާ ބަޔަކު އަތްގަދަ ކުރަމުން ދާ އަދުގެ ދުނިޔޭގައި އެކަން ވާނީވެސް އެހެންނެވެ. ޑަބްލިއުބީޖީޓީގެ ވާހަކައަކީ، ފަހަރެއްގައިވެސް އެފަދަ ކަމެއްގެ ވާހަކައެއް ނޫނެވެ. ޑަބްލިއުބީޖީޓީ ނިސްބަތް ވަނީ، ވެޓްބަލްބް ގްލޯބް ޓެމްޕަރޭޗަރ އަށެވެ. މިއީ ސީދާ އިރުގެ އަލިން ހޫނުގެ ނުތަނަވަސްކަން ވަޒަން ކުރާ މިންގަނޑަކަށް ކިއާ ނަމެކެވެ. ޑަބްލިއުބީޖީޓީ ވަޒަން ކުރުމުގައި ފިނިހޫނު މިނާއި، ވައިގެ ތެތްކަން ހުރި މިންވަރާ، ވައިގެ ބާރު މިނާއި، އިރުގެ އަވި ހުރި މިޞްރާބު އަދި ވިލާ ބޯވެފައި ވާ މިންވަރު ނުވަތަ ސޯލަރ ރޭޑިއޭޝަންގެ މިންވަރު ބަލައެވެ. މިއީ އަދި އާންމުކޮށް އިވޭ ހީޓް އިންޑެކްސްއެއް ނޫނެވެ.

ވެޓްބަލްބް ޓެމްޕަރޭޗަރއަކީ، އެއް ހަމައެއްގައި ހިފަހައްޓާ ޕްރެޝަރެއްގައި އާތްވަށް ވެގެން ވައިގެ ތެރެއަށް އަރައިގެން ދާ ފެނުގެ އެހީގައި ވައި ފިނި ކުރެވޭނެ އެންމެ ދަށް ފިނިހޫނުމިނެވެ. މި މިންގަނޑު ދެނެގަންނަނީ ފިނިހޫނުމިން ބަލަން ގެންގުޅޭ ތެމޯމީޓަރުގެ ފުލުގައި ތެތް އެއްޗެއް އޮޅައިގެންނެވެ. ވެޓްބަލްބް ޓެމްޕަރޭޗަރ ރެކޯޑް ކުރުމަކީ، އިންސާނީ ޞިއްޙަތަށް ނުހަނު މުހިންމު ކަމެކެވެ. އިންތިހާއަށް ދުނިޔެ ހޫނުވާ ކަމުގެ ޝަކުވާތަކާއި އިންޒާރުތައް ކެނޑި ނޭޅި އިވެމުންދާ މި ދަނޑިވަޅަށްވުރެ، މި ވާހަކަ އެދެވިގެން ވާ އެހެން ވަޤުތެއް ވަކި ކޮބައި ހެއްޔެވެ؟

ޗައިނާގެ ބައެއް ސަރަޙައްދުތަކާއި، އިންޑިއާގެ ބައެއް ސަރަޙައްދުތަކާއި، ބަންގްލަދޭޝް، ޕާކިސްތާން، އެފްރިކާގެ ސަހޭލް ސަރަޙައްދު. މިތަންތަނަކީ، ހޫނުވަމުންދާ އަދުގެ ދުނިޔޭގަ އެންމެ ފުރަތަމަވެސް ސަމާލުކަން އަންނަ ޒޯންތައް.
މެތިއު ހޫބަރ؛ ކްލައިމެޓް ސައެންޓިސްޓް

މަތީ ވެޓްބަލްބް ރީޑިންގ އެއްގެ ގޮތުގައި މީގެ ކުރިން ބެލެވުނު 35 ޑިގްރީ ސެލްސިއަސް ވެޓްބަލްބާއި، ދަށް މިންގަނޑުން 30 ޑިގްރީ ސެލްސިއަސް ވެޓްބަލްބް ރީޑިންގްއަކީ އިންސާނުންނަށް ނުރައްކާ މިންވަރެކެވެ. ދިގު މުއްދަތެއްގައި މިފަދަ ވެއްޓަކަށް ހުށަހެޅިފައި ހުންނަން ވެއްޖެނަމަ، ހަށިގަނޑު ފިނި ކުރުމަށް އިންސާނުންނަށް ތަކުލީފަކަށް ވާނެ ތީއެވެ.

މިއާ މެދު ވިސްނަންވީ، މީ ތިމާގެ ގައިގެ ހަންގަނޑު އެންމެ ބޮޑަށް ފިނިކޮށްލެވޭނެ މިންވަރު ކަމަށް. ވެޓްބަލްބް ޓެމްޕަރޭޗަރ އަކީ، އާވި ބޭރު ކޮށްގެން ހަންގަނޑު ފިނިކޮށްލެވޭނެ އެންމެ ދަށް މިންވަރު. ހަށިގަނޑުގަ އުފެދޭ ހޫނުގެ ގާތްގަނޑަކަށް 75 ޕަސެންޓާއި 80 ވަރަކަށް ޕަސެންޓް، މި ބޭރު ކުރަނީ އަވީގެ ގޮތުގަ. އެހެންވީމަ، މީ ކޮންމެހެން ހަމަ އެކަނި ހޫނާ ގުޅޭ ކަމެއް ނޫން. ވައިގެ ތެތްކަން ހުރި މިންވަރު ބެލުމަކީވެސް އިންސާނާގެ ދުޅަހެޔޮ ކަމަށް މުހިންމު ކަމެއް.
މެތިއު ހޫބަރ؛ ކްލައިމެޓް ސައެންޓިސްޓް

އިންސާނާގެ ހަށިގަނޑުގައި އުފެދޭ ހޫނުގެ ގާތްގަނޑަކަށް 80 ޕަސެންޓް ބޭރު ކުރަނީ ދާ ހިއްލުމުގެ ތެރެއިންނެވެ. ނަމަވެސް، ވައިގެ ތެތްކަން އިތުރުވުމާއި އެކު ވައިގެ ފިނިހޫނުމިން މައްޗަށް ދިއުމުން، ހަށިގަނޑުގައި އުފެދޭ އިތުރު ހޫނު، ދަލުގެ ގޮތުގައި ބޭރު ކުރުމަށް އިންސާނުންނަށް ދަތިވެއެވެ. އެކަށީގެންވާ ގޮތެއްގައި ހޫނު ބޭރު ނުކުރެވިއްޖެނަމަ، އާދަޔާ ޚިލާފަށް ހަށިގަނޑު ހޫނުވެއެވެ. ނުވަތަ އޯވަރހީޓްވެއެވެ. އެހާ ހިސާބުން ނޭވާލުމުގެ މައްސަލަތަކާއި ހިތުގެ މައްސައްލަތަކަށް ހުށަހެޅެއެވެ. ބައެއް ފަހަރު މަރާވެސް ކުރިމަތިވެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ނުތަނަވަސް ކަމަކީ، ވެލްޓްބަލްބް ޓެމްޕަރޭޗަރ ނުރައްކާ މިންވަރަކަށް ރެކޯޑް ކުރެވުން އެކަންޏެއް ނޫނެވެ. ނަމަވެސް، އެކަން ދެމިގެންދާ މުއްދަތަކީވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

- ކޮމެންޓް